ޚަބަރު

ދޮންދަރިއަށް ޖިންސީ ގޯނާ ކުރި ދޮން ބައްޕައަކު ހައްޔަރު ކޮށްފި

ދޮން ދަރިފުޅަށް ޖިންސީ ގޯނާ ކުރި ދޮން ބައްޕައަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ، އެއިދާރާގެ މެދު އުތުރު ޑިވިޝަންގެ ރަށެއްގައި އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު އޭނާއަށް ދޮންބައްޕަ ޖިންސީ ގޯނާ ކުރާ ކަމުގެ މައްސަލައެއް ފެބްރުއަރީ 24 ވަނަ ދުވަހު ފުލުހަށް ހުށަހަޅާފައިވާކަމަށެވެ.

އަދި އެ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

އަދި އެ މައްސަލަ އިތުރަށް ބަލަމުން އަންނަކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!