ޚަބަރު

ހައްޖާޖީން އެނބުރި އަންނަން ފަށާނީ މި މަހުގެ 20ވަނަ ދުވަހު

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން
ދިވެހިހައްޖުވެރިން މިނާގައި--

ހައްޖުގެ އަޅުކަން އަދާ ކުރުމަށް ރާއްޖެއިން މި އަހަރު ސައުދީ އަރަބިއްޔާއަށް ދިޔަ މީހުން އެނބުރި އަންނަން ފަށާނީ މި މަހުގެ 20ވަނަ ދުވަހު ކަމަށް ދިވެހި ހައްޖު މިޝަނުން ބުނެފިއެވެ.

Ads by Sosun Fihaara

ރާއްޖެއަށް މި ފަހަރު ހައްޖަށް މީހުން ގެންދަން ސައުދީ ސަރުކާރުން ދޫކުރީ 453 މީހުންގެ ކޯޓާއެކެވެ. އޭގެ ތެރެއިން 353 ކޯޓާއަށް ކަނޑައެޅީ ހައްޖު ކޯޕަރޭޝަންގެ ކިއޫ ތަރުތީބުގައި ހިމެނޭ ފުރަތަމަ 353 މީހުންނަށެވެ. އަނެއް 100 ކޯޓާ އާންމުކޮށް ހުޅުވާލިއެވެ.

ރާއްޖެއިން މި ފަހަރު ޙައްޖަށް ދިޔަ ހުރިހައި ދިވެހިން އައްޔާމުއްތަސްރީޤުގެ ފުރަތަމަ ދުވަހު ތިން ޖަމުރާއަށް ހިލައުކުމަށް ފަހު މިވަގުތު މައްކާގެ ދިވެހިންނަށް ޚާއްސަކޮށްފައިވާ ހޮޓަލަށް ގޮސްފައިވާ ކަމަށް ހައްޖު މިޝަނުން ބުނެއެވެ.

ތިބި ދިވެހި ޙައްޖުވެރިންގެ ޙާލު ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ މިނާގެ ފޭލިގެތަކަށް ޒިޔާރަތް ކުރައްވައިފައެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު ޙައްޖާޖީން ގޮވައިގެން އެނބުރި ރާއްޖެ އަންނަ ފުރަތަމަ ފްލައިޓް އޮތީ ޖުލައި މަހުގެ 20ވަނަ ދުވަހުގައެވެ. ދެވަނަ ފްލައިޓް އޮތީ ޖުލައި މަހުގެ 23ވަނަ ދުވަހުގައެވެ. އަދި ފަހު ފްލައިޓް އޮތީ ޖުލައި މަހުގެ 27ވަނަ ދުވަހުގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!