ޚަބަރު

ގައިގަ ހިފޭވަރު ކަމެއް އޮތްތޯ 2 ސަރުކާރުން ވެސް ބަލައިފި، ފެނުނީ ހުދު ވަލެއް: އުމަރު

ދެން އެމްވީ ، ދެން އޮންލައިން

2015 ވަނަ އަހަރު ފާހަގަކުރި މިނިވަން 50 އާއި ގުޅޭ ކަންކަމުގައި އޭނާ ގައިގަ ހިފޭވަރު ކަމެއް އޮތްތޯ ދެ ސަރުކާރުން ވެސް ބެލިއިރު ފެނުނީ "ހުދު ބަލެއް" ކަމަށް ކުރީގެ ހޯމް މިނިސްޓަަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އުމަރު މިހެން ވިދާޅުވެފައި މިވަނީ މިނިވަން 50އާ ގުޅޭ ގޮތުން ހުށަހެޅުނު 39 މައްސަލައެއްގެ ތަހުގީގު މިހާރުވެސް ކުރިއަށްދާ ކަމަށް އޭސީސީން ބުނެފައިވަނިކޮށެވެ.

އުމަރު ވިދާޅުވީ މިނިވަން 50 ގައި ހޯމް މިނިސްޓްރީން ހިންގި އެއްވެސް ކަމެއްގައި ކޮރަޕްޝަން ހިމެނޭނަމަ އެ ހަރަކާތް ބޭއްވިތާ ފަސް އަހަރު ވާން އަންނައިރު އޮންނާނީ ކޮންމެވެސް އެއްޗެއް ފެނި، ދައުވާކޮށް ހުކުމްކޮށްފައި ކަމަށެވެ.

"އަޅުގަނޑުގެ ގައިގައި ހިފޭވަރުގެ ކަމެއް އޮތްތޯ ދެ ސަރުކާރުން ބަލާ ހާވައިފި. ފެނުނީ ހުދު ވަލެއް. އިތުރަށް ހޭވިޔަސް ފެންނާނީ ހުދު ވަލެއް" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ މަހަކު އެއް ފަހަރު ސަރުކާރަށް ތާއީދުކުރާ މީޑިއާތަކުގެ ފަލަ ސުރުހީތަކަށް އެ ވާހަކަތައް އެރުވިޔަސް އެމަނިކުފާނު ކުރެއްވި ގާނޫނީ ކުށެއް ނުދެއްކޭނެ ކަމަށެވެ. އެގޮތުން މިނިވަން 50ގެ ހުރިހާ މަސައްކަތްތަކެއް ކުރީ އޭސީސީއާ އޮޑިޓްއަށް ލިޔެ، އެ މުއައްސަސާތަކުުގެ ބެލުމުގެ ދަށުން ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިޔުމުން ހޯދައިގެން ކަމަށް އުމަރު ވިދާޅުވިއެވެ.

އަދި އޭނާގެ ކުންފުންޏެއް، އަތްބެއް، ދަރިއެއް އެއްބަނޑު/އެއްބަފާ މީހެއްގެ ހިއްސާ އޮންނަ ކުންފުންޏަަކަށްވެސް، އެއްވެސް މަސައްކަތެއް ދީފައި ނޯންނާނެ ކަމަށާއި މަސައްކަތްތައް ހަވާލުކުރީ އެންމެ ގާބިލް ފަރާތްތަކަށް ކަމަށްވެސް އުމަރު ވިދާޅުވިއެވެ. އެހުރިހާ ފަރާތްތަކުން ގަޑިއަށް މަސައްކަތްތައް ނިންމާ، މުޅި ރާއްޖޭ ފަހުރުވެރިވާ ވަރުގެ ވަރުގަދަ އީދަކަށް މިނިވަން 50 ހެދި ކަަމަށްވެސް އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން އުމަރު ވަނީ ރާއްޖޭގައި ނަޒާހަތްތެރި ތެދުވެރި ހިންގުތެރި ސަރުކާރެއް 2023 ގައި ގާއިމުކުރައްވާނީ އޭނާ އަށް ކަމަށްވެސް ވިދާޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!