ޚަބަރު

ފަޅު ރަށެއްގައި ބިދޭސީންގެ މާރާމާރީއެއް، އެކަކުގެ ހާލު ކްރިޓިކަލް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބ. އަތޮޅުގެ ފަޅު ރަށެއްގައި ދެ ބިދޭސީންގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އެކަކު ގަޔަށް ވަޅިން ހަމަލާދީ ޒަހަމުކޮށްލައިފިއެވެ.

Ads by STELCO

ހަމަލާގައި ޒަޚަމްވެފައިވަނީ 45 އަހަރުގެ މީހާކަށެވެ. އޭނާއަށް ބޮޑެތި ޒަހަމުތަކެއް ލިބިފައިވާއިރު، އޭނާއަށް އެއަތޮޅު އޭދަފުށީ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ.

ފުލުހުން ވިދާޅުވީ، މި މާރާމާރީ ހިނގާފަވަނީ ބ. އަތޮޅު އުނޑޫދޫ ނަމަކަށް ކިޔާ ފަޅު ރަށެއްގައި ކަމަށާއި އެމާރާމާރީގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފަވާ ކަމުގެ މައުލޫމާތު ލިބުނީ ރޭ 21:57 ގައި ލިބިފައިވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!