ޚަބަރު

ބިދޭސީންގެ މައުލޫމާތު ބެލެހެއްޓުމަށް ވިއުގައެއް ތައާރަފުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މޯލްޑިވްސް އިމިގްރޭޝަނުން ރާއްޖޭގައި މަސައްކަތްކުރާ އަދި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު ބެލެހެއްޓުމަށް ހާއްސަ މޮޑިއުލްއެއް ތައާރަފްކޮށްފިއެވެ.

Ads by Sosun Fihaara

"އަތޮޅު މޮޑިއުލް"ގެ ނަމުގައި އިމިގްރޭޝަނުން ތައާރަފްކޮށްފައި ވަނީ ފަސޭހަކަމާއެކު ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައުލޫމާތު ބެލެހެއްޓުމަށް ފަރުމާކޮށްފައިވާ ވިއުގައުކުންނެެވެ.

އިމިގްރޭޝަނުން ބުނީ މި ޕޯޓަލް މެދުވެރިކޮށް ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭމުންދާ ބިދޭސީން އެއް ރަށުން އަނެއް ރަށަށް ހިޖުރަކުރާއިރު އެމީހުންގެ ހަރަކާތްތައް ދެނެގަނެވޭނެ ކަމަށެވެ. އަދި ރަށްވެހި ބިދޭސީންގެ އާބާދީ ނުވަތަ ކޮންމެ ރަށެއްގައި ވެސް ދިރިއުޅެމުންދާ ބިދޭސީންގެ އާބާދީ ފަސޭހަކަމާއެކު ދެނެގަނެވޭނެ ކަމަށް އިމްގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ހުރުމުގެ ހުއްދައާއި އެއްގޮތަށް އަދި ހުއްދައާ ހިލާފަށް އުޅޭ ބިދޭސީންވެސް އެ ޕޯޓަލް މެދުވެރިކޮށް ދެނެގަނެވޭނެ ކަމަށެވެ. ކޮންމެ ރަށެއްގައިވެސް އިމިގްރޭޝަންގެ ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ރަތް ކުލައިން އެ ޕޯޓަލްއިން ފާހަގަވާނެ ކަމަށާއި، އަދި އިމްގްރޭޝަނުގެ ގަވާއިދާއި އެއްގޮތަށް އުޅޭ ބިދޭސީން ފެހިކުލައިން އެ ޕޯޓަލްގައި ފާހަގަކުރެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މިއީ އިމްގްރޭޝަން ނިޒާމާއި ގުޅިފައިވާ ވިއުގައެކެވެ. މިއަހަރުގެ ޖޫންމަހުން ފެށިގެން ބަޔޯމެޓްރިކްސް ބޭނުންކުރަން ފަށާނެކަމަށްވެސް އިމިްގރޭޝަނުން ބުންޏެވެ. އެގޮތުން ހަމައެކަނި އިނގިލީގެ ނިޝާން ބޭނުންކޮށްގެން ބިދޭސީ މީހާގެ ޝަހުސު ދެނެގަނެވޭނެ ކަމަށާއި އަދި މޫނުގެ ސިފަ ބޭނުންކޮށްގެންވެސް ބިދޭސީ މީހަގެ ޝަހުސު ދަނެވޭނެކަމަށް އިމްގްރޭޝަނުން ބުނެއެވެ.

މިހާރުވެސް ރާއްޖެއަށް އެތައް ބަޔަކު އަންނަނީ ޝަހުސު އޮޅުވާލައިގެން އެތެރެވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!