ޚަބަރު ޝަރުޢީ ދާއިރާ

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ ފަޅާލައި, ލެޕްޓޮޕްތަކަކާއި އިތުރު ތަކެތި ވަގަށް ނަގައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ވަގަށް ނެގި ސާމާނު. ފޮޓޯ: ޕޮލިސް

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ވައްކަން ކޮށްގެން ނެގި ބައެއް ތަކެތި ފުލުހުން ހޯދައިފިއެވެ.

Ads by Hajj Corporation

ފުލުހުން މިއަދު ބުނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ވައްކަންކޮށްފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކުރީ މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު ކަމަށެވެ.

އެ ގޮތުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ވަގަށް ނަގާފައިވާ ތަކެތި ހޯދުމަށް ގަލޮޅު ޕޮލިސް ސްޓޭޝަނުން ޚާއްސަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ސަރަހައްދު ބަލައި ފާސްކޮށް, ވަގަށް ނަގާފައިވާ 08 ލެޕްޓޮޕާއި ދެ އައި ފޯނާއި އަދި ވަގަށް ނެގި ބައެއް ތަކެތި ހޯދާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށާއި, ނަމަވެސް ގަލޮޅު ޕޮލިސް ސްޓޭޝަނުން މައްސަލަ ތަޙްޤީޤު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!