ޖަލާލުއްދީން ސްކޫލުގައި 08 ކްލާސްރޫމު ހަދަން 9.2 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފި
ހދ.ކުޅުދުއްފުށި ޖަލާލުއްދީން ސްކޫލުގައި ކްލާސްރޫމުތަކެއް އިމާރާތްކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު އެ މަސައްކަތް ހަވާލުކުރީ އިވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
އެ ގޮތުން މިއަދު ވަނީ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފައެވެ.
މި މަސައްކަތުގެ ދަށުން ޖަލާލުއްދީން ސްކޫލުގައި ޢިމާރަތް ކުރަން ހަމަޖެހިފައިވަނީ 08 ކްލާސް ރޫމެވެ.
މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 365 ދުވަސް ތެރޭގައި ނިންމާގޮތަށް, 9,217,632.06 ރުފިޔާއަށެވެ.
Ads by HDC