ޚަބަރު

ހުޅުދޫއާއި ހުޅުމީދޫ ބަނދަރު ހެދުމުގެ މަޝްރޫއު އީޕީއޭއިން ހުއްޓުވައިފި

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން
ހުޅުދޫ ބަނދަރު މަސައްކަތް-- ފޮޓޯ: އެމްޓީސީސީ

ސ. ހުޅުދޫއާއި ހުޅުމީދޫ ބަނދަރު ހެދުމުގެ މަޝްރޫއު ހުއްޓުވާފައިވާ ކަމަށް އެންވައިރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ބުނެފިއެވެ.

Ads by STELCO

އީޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މި މަޝްރޫއު ހުއްޓުވާފައިވަނީ ޕްލޭނިން މިނިސްޓްރީއަށް 2020 ވަނަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު ދޫކޮށްފައިވާ އެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރުގެ ރިޕޯޓު ގަބޫލުކުރި ކަމުގެ ލިޔުމާ ހިލާފަށް މަސައްކަތް ކުރަމުން އަންނާތީ ކަމަށެވެ.

މި މަޝްރޫއުގެ ބިން ހިއްކުމާއި ފަޅު ކޮނުމުގެ އެންމެހާ މަސައްކަތް ހުއްޓާލުމަށް މިއަދު އަންގާފައިވާނެ ކަމަށް ވެސް އީޕީއޭއިން ބުނެފައިވެއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ހުޅުދޫ ބަނދަރު މަސައްކަތުގެ 90 ޕަސެންޓު ނިމިފައިވާ ކަމަށް މިފަހުން އެމްޓީސީސީން ބުނެފައިވެއެވެ.

ބޭރު ތޮށި ހެދުމަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ވެސް ވަނީ އެ ރަށަށް ގެންގޮސްފައިވާ ކަމަށް ބުނެފައިވެއެވެ.

އެ މަޝްރޫއުގެ ދަށުން 88،623 ކިއުބިކް މީޓަރު ސަރަހައްދުގެ ބަނދަރު ފުންކުރުމާއި، 742 މީޓަރު ސަރަހައްދުގައި އެއްގަމު ތޮށި ލުން އަދި 624 މީޓަރު ސަރަހައްދުގައި ރިވެޓްމެންޓް ޖެހުން ވެސް ހިމެނެ އެވެ.

ހުޅުމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން 471،380 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 1،788 ކިއުބިކް މީޓަރުގެ ސަހަރައްދެއްގެ ބިން ހިއްކުމާއި، 97 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރާނެ އެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!