ދުނިޔެ

އިޤްތިޞާދީ ހާލަތު ދަށްވެ އަފްގާނިސްތާނުގެ ކުޑަކުދިން އަޅު މަސައްކަތް މަޖުބޫރުވެފައި

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން

އަފްގާނިސްތާނުގެ އިގްތިސޯދީ ހާލަތު ދަށްވެ، އެ ގައުމުގެ ކުޑަކުދިންނާއި އާއިލާތަކުން ގާ ފެކްޓަރީތަކުގައި އަޅު މަސައްކަތް ކުރަން މަޖުބޫރުވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

Ads by WAMCO

ފެކްޓަރީތަކުގެ ވެރިންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި ގާ އަޅާ ފެކްޓަރީއެއްގައި އެ ގައުމުގެ 170 އާއިލާއެއް އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ އަދަދެއްގެ ގިނަ ކުޑަކުދިން ހިމެނެއެވެ.

ގިނަ އަދަދެއްގެ އާއިލާތަކެއް އެ ތަނުގައި މަސައްކަތް ކުރަމުން އަންނައިރު، ތެލުގެ އަގަށް އައި ބަދަލުތަކާއެކު ކޯލްގެ އަގު ބޮޑުވުމާ ގުޅިގެން ފެކްޓަރީތަކުން މިހާރު ލިބެނީ ކުރިން ލިބެމުން އަންނަ އާމްދަނީ އަށް ވުރެ ކުޑަ އަދަދެކެވެ.

އެ ތަންތަނުގައި މަސައްކަތް ކުރާ އާއިލާތަކުން ބުނާ ގޮތުގައި ތާލިބާނުން އެ ގައުމުގެ ކަންކަމާ ހަވާލުވި ފަހުން ގިނަ އަދަދެއްގެ ކުދިން ސުކޫލަކަށް ނުފޮނުވެއެވެ. އަދި އެކަމުގެ ސަބަބުން އެ ކުދިންނަށް ވެސް އާއިލާއަށް ކާބޯތަކެތި ހޯދުމަށް މަސައްކަތް ކުރުމަށް ވަނީ މަޖުބޫރުވެފައެވެ.

ޓޯލޯ ނިއުސްއަށް ދިން އިންޓަވިއުއެއްގައި ފެކްޓަރީއެއްގައި މަސައްކަތް ކުރާ ނުވަ އަހަރުގެ ކުއްޖަކު ބުނެފައިވާ ގޮތުގައި އެ ކުއްޖާގެ އިތުރުން އޭނާގެ ދެ އަންހެން ކޮއްކޮ ވެސް އަންނަނީ އެ ތަނުގައި ހެނދުނުން ފެށިގެން ހަވީރު ވަންދެން މަސައްކަތް ކުރަމުންނެވެ.

ރިޕޯތުތައް ބުނާ ގޮތުގައި ތާލިބާނުން އެ ގައުމަށް އަތްގަދަކުރި ފަހުން 900،000 ރައްޔިތުންގެ ވަޒީފާތައް ވަނީ ގެއްލިފައެވެ. އަދި އޭގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ އަންހެނުންނަށެވެ. އެގޮތުން މަސައްކަތް ކުރާ އަންހެނުންގެ އަދަދު ވަނީ 21 އިންސައްތަ މަދުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!