ޚަބަރު

ދެ އަހަރުގެ މެދުކެޑުމަކަށްފަހު މިނިވަން ދުވަހުގެ އަސްކަރީ ޕެރޭޑް ބާއްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މި އަހަރުގެ މިނިވަން ދުވަހުގެ މުނާޞަބަތުގައި ބޭއްވި އަސްކަރީ ޕެރޭޑާއި ޕްރޮސެޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައްލަވާލައްވައިފިއެވެ. މި ޙަރަކާތް އޮތީ މިއަދު ހަވީރު ޖުމްހޫރީ މައިދާން ކުރިމަތީގައެވެ.

Ads by Hajj Corporation

އަސްކަރީ ޕެރޭޑާއި ޕްރޮސެޝަން ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޖުމްހޫރީ މައިދާން ކުރިމައްޗަށް ވަޑައިގެންނެވުމުން، އެދެކަނބަލުންނާ އިސްތިޤުބާލު ކުރެއްވީ، މިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއެވެ.

މި ޙަރަކާތުގައި ދިވެހި ސިފައިން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އަރުވާފައެވެ. އަދި، އެއަށްފަހު ދިވެހި ސިފައިންގެ ބޭންޑުން ޤައުމީ ސަލާމް ކުޅުނެވެ. މި ޙަރަކާތް ނިންމާލާފައިވަނީ އަސްކަރީ ޕެރޭޑާއި ޕްރޮސެޝަންއިންނެވެ.

އަސްކަރީ ޕެރޭޑާއި ޕްރޮސެޝަން ބައްލަވާލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އަދި އާންމުންގެ ގިނަ ބަޔަކު ބައިވެރިވެރިވެލެއްވިއެވެ.

މިނިވަން ދުވަހާ ގުޅިގެން އާންމުކޮށް މާލޭގައި ބާއްވާ ބައެއް ހަރަކާތްތައް، ހަރަދު ކުޑަކުރުމުގެ ގޮތުން މި އަހަރު ނުބޭއްވުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެގޮތުން، މިނިވަން ދުވަހުގެ ހާއްސަ ޖަލްސާ އާއި ފުޅަނދުބުރު ވަނީ ކެންސަލް ކޮށްފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!