ޚަބަރު އިޖުތިމާޢީ

ޤައުމު ދީނީ ގޮތުން ބައިބައިވުމަށް ޖާގަ ނުދެއްވުމަށް ޑރ.ޝަހީމް ގޮވާލައްވައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް

ޤައުމު ދީނީ ގޮތުން ބައިބައިވުމަށް ޖާގަ ނުދެއްވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވައިފިއެވެ.

Ads by Sosun Fihaara

ޝަހީމް މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި ޢާންމުވަމުންދާ ހިންދޫ ދީނުގެ އަޅުކަމެއްކަމަށްވާ ޔޯގާއާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން އެ ބޭފުޅުންގެ ރައުޔު ހާމަކުރައްވަމުންދާ ދަނޑިވަޅެއްގައެވެ.

އިސްލާމިކް މިނިސްޓްރީއަށް ޓެގްކުރައްވައި ޝަހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ފަތުވާ ކައުންސިލު/6/2016 އެކްޓިވޭޓް ކުރުމަށް ތަކުރާރު ކުރުމަށް ގޮވައިލާ ކަމަށެވެ.

''ޤައުމު ދީނީ ގޮތުން ބައިބައިވުމަށް ޖާގަ ނުދެއްވާ''

"އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" ގެ ނަމުގައި މަޖިލީހެއް އުފެދުނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކުއެވެ. އެ ޤާނޫނަށް ޢަމަލުކުރަން ފެށީ 25 އޭޕްރީލް 2016 ގައެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" އަކީ ރާއްޖޭގައި ދީނީ ގޮތުން ޚިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި، ފިޤްހީ އައު މައްސަލަތަކުގެ ދިރާސާތައްކޮށް، އެކަންކަމާ ގުޅޭ ދީނީ ލަފާ ފޯރުކޮށްދިނުމަށްޓަކައި އުފެއްދި މަޖިލީހެކެެވެ.

Ads by HDC
  1. ބަލަ ކަސްރަތުވެސް އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފުވާ ގޮތަށް އެފަދަ ސިފަތަކާއި ހަރަކާތެއް ހިމެނޭ ގިތަށް ކަސްރަތު ކުރުމަކީވެސް ހަރާމް ކަމެއް ނުންތޯ ؟ ޔޯގާ ހަރާމް ވަނީ އޭގައިވެސް ޝިރުކުގެ ސިފަތަކެއް އެކުލެވޭތީ ނުންތޯ ؟ އިންޑިޔާގައި ހިންދީ ދީނާއި ބުދު ދީން ދިރާސާކުރާ ފުންނާބުއުސް އިންޑިޔާގެ އިލްމުވެރިންވެސް ބުނަނީ ޔޯގާއަކީ ހިންންދީ ދީނުގެ އަޅުކަމެއްގެ ސިފަ ޖެހިފައިފާ ހިންދީނުގެ ސަޤާފަތުގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައި !