ޙައްޖާޖީންގެ އެންމެ ފަހު ގްރޫޕް ރާއްޖެ އަތުވެއްޖެ

ރާއްޖެއިން މި އަހަރު ޙައްޖަށް ދިޔަ ޙައްޖާޖީންގެ އެންމެ ފަހު ގްރޫޕް ރާއްޖެ އަތުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި ޙައްޖާޖީންގެ ގުރޫޕު ރާއްޖެ އައީ ހެނދުނު 10:10 ގައެވެ. އެ ގުރޫޕުގައި ހިމެނެނީ ޖުމްލަ 117 ޙައްޖާޖީންނެވެ.
ޙައްޖުވެރިންގެ ފުރަތަ ގުރޫޕުން އައީ 157 ޙައްޖުވެރިންނެވެ. ދެވަނަ ގުރޫޕު އައީ މިދިޔަ ހޮނިހިރު ދުވަހުގައެވެ. އެއީ 175 ޙައްޖުވެރިންނެވެ.
މި އަހަރުގެ ރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖާޖީންގެ ޖުމްލަ ޢަދަދަކީ ޖުމްލަ 453 އެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވެސް މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވިއެވެ.