ދުނިޔެ

މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް އަވަހާރަވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

މިސްރުގެ ހަތަރުވަނަ ރައީސް ހުސްނީ މުބާރަކް މިއަދު އަވަހަރާވެއްޖެއެވެ.

Ads by WAMCO

އުމުރުފުޅުން 91 އަހަރުގައި އަވަހާރަވީއިރު، މީގެ ހަފްތާއެއް ކުރިން އެމަނިކުފާނުގެ ބޮޑު އޮޕަރޭޝަނެއް ކޮށްފައިވާކަަމަށް އާއިލާއާއި ހަވާލާދީ މިސްރުގެ ޤައުމީ ނޫސް އެޖެންސީން ބުނެފައިވެއެވެ.

ހުސްނީ މުބާރަކް އުފަންވެ ވަޑައިގަތީ ނައިލް ޑެލްޓާ ކިޔާ އަވަށަކަށް، 1928 ވަނަ އަހަރުއެވެ. މިސްރުގެ ވައިގެ އަސްކަރިއްޔާއާއި އެމަނިކުފާނު ގުޅިވަޑައިތަނީ 1949 ގައެވެ. އަދި އޭގެ އަނެއްއަހަރު އެއަސްކަރިއްޔާގެ ޕައިލެޓަކަށް ވެސް މުބާރަކް ވެވަޑައިގެންނެވިއެވެ. އޭގެ ފަހުން މަގާމުގައި ކުރިއެރުން ލިބިލެއްވުމަށްފަހު 1972 ވަނަ އަހަރު "ކޮމާންޑަރ އިން ޗީފް" ކަމުގެ މަޤާމުވެސް އެމަނިކުފާނަށް ލިބިވަޑައިގެންނެވިއެވެ.

ހުސްނީ މުބާރަކް މިސްރުގެ ރައީސްކަމުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވީ 1981 ވަނަ އަހަރުއެވެ. މުބާރަކްގެ ވެރިކަން ނިމުމަކަށް އައިސްފައިވަނީ 2011 ވަނަ އަހަރު އެގައުމުގައި އެމަނިކުފާނާއި ދެކޮޅަށް ކުރި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން އިސްތިއުފާ ދެއްވުމުންނެވެ. ވެރިކަން ބަދަލުވިފަހުން ހުސްނީ މުބާރަކްގެ މައްޗަށް ވަނީ މުޒާހަރާ ކުރި މީހުންގެ ތެރެއިން 239 މީހުން މެރިކަމުގެ ކުށާއި ޚިޔާނާތުގެ ކުށުގެ ދައުވާތަކެއް އުފުލާފައެވެ.

އެ ދައުވާތައް ސާބިތުވުމުން ޖަލުގައި ވެސް ދުވަސްތަކެއް މުބާރަކް ހޭދަކުރެއްވިއެވެ. ނަމަވެސް އެ ހުކުމްތައް އިސްތިއުނާފް ކުރުމުން 2017 ވަނަ އަހަރު އެމަނިކުފާނުވަނީ ޖަލުން މިނިވަން ވެވަޑައިގެންފައެވެ. ރިޕޯޓުތަކުން ބުނާގޮތުގައި ހުސްނީ މުބާރަކް އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާއި އުޅުއްވުމަށް ފަހުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!