ޚަބަރު

ރޮޒައިނާގެ ހަމަލާއެއް ރައީސް ނަޝީދަށް: ފޮޓޯތައް ލާށޭ ބުނީމަ ލާން ނުކުރިގެން އުޅެނީ ނެތީމަ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އަންހެން ކުއްޖަކާއެކު ޒިނޭ ކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް އެބަހުރި ކަމަށްބުނެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ދައްކަވާ ވާހަކަފުޅު ސާބިތުކޮށްދެން ފޮޓޯތައް އާއްމު ނުކުރައްވަނީ ކީއްވެތޯ، އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ސުވާލު ކުރައްވައިފިއެވެ.

Ads by STELCO

ރައީސް މުޙައްމަދު ނަޝީދު މިއަދު ވަނީ، ރައީސް ޞާލިހް ޒިނޭ ކުރާ ފޮޓޯތަކެއް އެބަހުރި ކަމަށް ބުނެ، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްއަޕް ގްރޫޕަށް މެސެޖެއް ފޮނުވާފައެވެ. އެ ގްރޫޕްގައި ހޫނު ބަހުސަކަށް ގޮސް، ފޮޓޯތައް ލާންވީތޯ ރައީސް ނަޝީދު ސުވާލު ކުރެއްވުމުން ރޮޒައިނާވަނީ އެގޮތަށް ކަންތައް ކުރުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް ރައީސް ނަޝީދު ފޮޓޯތައް ހިއްސާކޮށްފައެއް ނުވެއެވެ.

މިކާމާ ގުޅުވާ، މިއަދު ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދަށް ފޮޓޯތައް ލާން ނުކެރިގެން އުޅެނީ ފޮޓޯތައް ނެތީމަ ކަމަށެވެ.

"ތި އިންސާނާ ހަދާ ދޮގު ނޭނގޭ މީހެއް މި ޤައުމަކު ނެތް" ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ، އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އެ މަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހައްޔަރުމުން އޭގެ ވަރު އެހެން މީހުންނަށް ބާލަން ނުޖެހޭ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!