ޢަދުލުވެރިކަމަކީ ސިޔާސީ މަންފާ ހޯދަން ދައްކަންޖެހޭ ވާހަކައަކަށް ވެގެންނުވާނެ: ޑރ.ޝަހީމް

ޢަދުލުވެރިކަމަކީ ސިޔާސީ މަންފާއަކަށްޓަކައި ދައްކަންޖެހޭ ވާހަކައަކަށް ވެގެންނުވާނެކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޢަދުލުވެރިކަމަކީ ﷲ ގެ ޙަޟްރަތުގައި ވަރަށް ބޮޑުވެގެންވާކަމެއް ކަމަށެވެ. އަދި ޢަދުލުވެރިކަމުގެ ވާހަކައަކީ އެއްވެސް މީހަކު ސިޔާސީ މަންފާއެއް ހޯދަން ދައްކަންޖެހޭ ވާހަކައަކަށް ވެގެންނުވާނެކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
''ޢަދުލުވެރިކަމަކީ ﷲ ގެ ޙަޟްރަތުގައި ވަރަށް ބޮޑުކަމެއް. އެއީ ސިޔާސީ މަންފާއަކަށްޓަކައި ދައްކަންޖެހޭ މޫސުމީ ވާހަކައަކަށް ވެގެންނުވާނެ.''
ޙައްޤު ގޮތުގައި ޢަދުލުވެރިކަން ޤާއިމުކުރުމަކީ މުއްސަންޖެއް ފަޤީރެއް ނުވަތަ ތިމާގެ މީހާއާއި އެ ނޫން ވެސް މީހެއް ބެލުމެއްނެތި އިންސާފު ޤާއިމުކުރުންކަމަށް ވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.