ޚަބަރު

"ރައްޔިތުންގެ ވިސްނުން ބަދަލުކުރުމަށް ގުރުބާން ކުރާ ފަރާތަކަށް ޔާމީން ހައްދަވަނީތޯ؟"

ދެން އެމްވީ ، ދެން އޮންލައިން

ސަރުކާރާ ދޭތެރޭ ރައްޔިތުންގެ ފޫހިވާން ފެށުމުން، ވިސްނުމުގެ މިސްރާބު ބަދަލުކުރުމަށް ގުރުބާން ކުރާފަރާތަކަށް އަނެއްކާވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްދަވަނީތޯ މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ސުވާލު ކުރައްވައިފިއެވެ.

Ads by STELCO

ސައީދު މިހެން ވިދާޅުވެފައި މިވަނީ އިތުރު ތަހުގީގުތަކަކަށް ރައީސް ޔާމީން ފުލުހަށް ހާޒިރުކުރަން އަންގާފައި ވުމާ ގުޅިގެންނެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވީ ރައީސް ޔާމީންގެ އިސްތިއުނާފުގެ ތެރެއިން ދައުވާ އަކީ ގާނޫނީ ބުރަދަނެއް ނެތް ސިޔާސީ ދައުވާއެއްކަން ސާބިތުވުމުން އިތުރު ކަންތައްތަކަކަށް ތަހުގީގަށް ހާޒިރުވުމަށް ރައީސް ޔާމީނަށް އިއްޔެ ފުލުހުން އަންގާފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ގޮތުން މަގްބޫލުކަން ގެއްލި، ސަރުކާރުގެ ދުވެއްޔާއި ދޭތެރޭ ރައްޔިތުން ފޫހިވާން ފެށާފައިވާ ކަމަށެވެ.

"ސިޔާސީ ގޮތުން މަޤްބޫލުކަން ގެއްލި، ސަރުކާރުގެ(އިންތިހާޔަށް މަޑު) ދުވެއްޔާއި ދޭތެރޭ ރައްޔިތުން ފޫހިވާން ފެށުމުން، ވިސްނުމުގެ މިސްރާބު ބަދަލުކުރުމަށް ޤުރުބާން ކުރާފަރާތަކަށް އަނެއްކާވެސް ރައީސް ޔާމީން ހައްދަވަނީތޯ؟" ސައީދު ވިދާޅުވިއެވެ.

އެނިފައިވާ ގޮތުގައި ރައީސް ޔާމީން ފުލުހަށް ހާޒިރުކުރަން ހަމަޖެހިފައިވަނީ މާދަމާ 14:00 ގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!