ޚަބަރު

ޢުމްރާއަށް މީހުން ގެންދިއުމަށް ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ފޮޓޯ: ސަން

ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ހުޅުވާލައިފިއެވެ.

Ads by STELCO

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ޢުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 16 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީއަށް ޕްރޮޕޯސަލް ހުށަހަޅަންވާނެ ކަމަށެވެ.

ނަމަވެސް ޕްރޮޕޯސަލް ހުށަހެޅޭނީ އެ މިނިސްޓްރީން ޢާންމުކޮށްފައިވާ ''ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު'' ގެ ދަށުން ޝަރުތު ހަމަވާ ކުންފުނިތަކަށް ކަމަށެވެ.

ހުއްދައަށް އެދި ހުށަހަޅަންޖެހޭ ޕްރޮޕޯސަލް އެ މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!