ޚަބަރު

ޗައިނާއިން ރާއްޖެއައި ދެ ދިވެއްސަކު ކަރަންޓީނުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާއިން ރާއްޖެއައި ދެ ދިވެއްސަކު ކަރަންޓީނުކޮށްފި އެވެ.

Ads by Hajj Corporation

ހެލްތު މިނިސްޓްރީން ބުނީ އެ ދެ މީހުން ކަރަންޓީން ކުރީ ކޮރޯނާ ވައިރަހުގެ އަލާމާތެއް ފެނިގެނެއް ނޫން ކަމަށާއި އެމީހުން ކަރަންޓީނު ކުރީ ވައިރަހާ ގުޅިގެން ރާއްޖެއިން ފޮލޯ ކުރަމުން އަންނަ ޕްރޮޓޮކޯލްގެ ދަށުން ކަމަށެވެ.

މި ޕްރޮޓޮކޯލްގައިވާ ގޮތުން ޗައިނާއިން ދިވެއްސަކު އަންނަ ނަމަ، އެމީހުން ރާއްޖެ އެތެރެކޮށް 14 ދުވަހުގެ ކަރަންޓީނު ޕްރޮސެސް އެއް ކުރިއަށްދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ކޮރޯނާވައިރަސްއަށް ރާއްޖެ އިން މީގެކުރިން ވަނީ ހަތް މީހަކު ޓެސްޓުކޮށްފައެވެ. ނަމަވެސް އެ އެންމެން ވެސް ވަނީ އެ ބައްޔަށް ނެގެޓިވް ވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!