ޚަބަރު ސިއްޙަތު

ހާގެން-ޑާޒް އައިސްކްރީމްގެ 12 ބާވަތެއް ބޭނުންކުރުން ރާއްޖޭގައި މަނާކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ހާގެންޑާޒް އައިސްކްރީމްގެ 12 ބާވަތެއް ނުވިއްކުމަށާއި ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ.

Ads by Sosun Fihaara

ޕެސްޓިސައިޑަކީ ގަސްތަކަށް ނުރައްކާ ކުރާ ސޫފިތަކާއި ކޫޑިތައް ނައްތައިލުމަށް ބޭނުންކުރާ ކެމިކަލެކެވެ.

އެ އޮތޯރިޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޕެސްޓިސައިޑުން ތަޣައްޔަރުވެފައިހުރި ފަރަންސޭސިވިލާތުގެ ހާގެންޑާޒް ބްރޭންޑްގެ އައިސްކްރީމް ރާއްޖެއަށް އެތެރެވެފައިވާކަމުގެ މަޢުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާމް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އިން ލިބިފައިވާ ކަމަށެވެ.

އެ ގޮތުން އެ އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހާގެންޑާޒް އައިސްކްރީމް 12 ބާވަތެއް ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

އެ ގޮތުން މަނާކުރީ ވެނީލާ ފްލޭވާގެ އަށް ބާވަތަކާއި, ބެލްޖިއަން ޗޮކްލެޓް ފްލޭވާއާއި, ކުކިސް އެންޑް ކްރީމާއި, ކުކީސް އެންޑް ކްރީމް އެސްޕީކޭ އާއި, ވެނީލާ ކްރީމް އެންޑް އަލްމޮންޑް އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!