ޚަބަރު ސިޔާސީ

ރިޔާސީ ކެންޑިޑޭޓް ކަނޑަައަޅާނީ ޕްރައިމަރީއަކުން: އެމްޑީޕީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާއި ރައީސް މުހައްމަދު ނަޝީދު: ފޮޓޯ/ ވަންއޮންލައިން

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާނީ ޕްރައިމަރީއަކުންކަމަށް އެ ޕާޓީން ބުނެފިއެވެ.

Ads by MWSC

ކޮންގްރެސްއާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އަދި ކޮންގްރެސް ކޮމިޓީގެ މުޤައްރިރު އިބްރާހިމް ވަޙީދު (އިބުރޭ) ވިދާޅުވީ ޕާޓީގެ އަސާސީ ޤަވާއިދަށް ޕްރައިމަރީއާ ގުޅޭ އިސްލާހެއް ހުށަހަޅާފައިނުވާ ކަމަށެވެ. އަސާސީ ޤަވާއިދުގައިވާ ގޮތުގެ މަތިން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާނީ ޕްރައިމަރީއަކުންކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ކޮންގްރެސް ބާއްވަން ތާވަލްކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމިން ޢަބްދުލްޤައްޔޫމު ކަމަށް ޕީޕީއެމް/ޕީއެންސީ ޖޮއިންޓް ކައުންސިލުގެ އިއްތިފާޤުން މިހާރު ވަނީ ފާސްކޮށްފައެވެ. ރައީސް ޔާމިން ޢަބްދުލްޤައްޔޫމަށް ރަސްމީކޮށް ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ބާއްވާ ބޮޑު ޖަލްސާ މި މަހުގެ 19 ވަނަ ދުވަހު ބާއްވަން ވަނީ ނިންމައިފައެވެ.

މީގެ އިތުރުން ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ލީޑަރު ކާށިދޫ ދާއިރާގެ މެންބަރު ޖާބިރަށް ދޭން އެ ޕާޓީގެ ކައުންސިލުން ވަނީ ނިންމައިފައެވެ. އެ ގޮތަށް ނިންމީ މި މަހުގެ ދެވަނަ ދުވަހު ފުވައްމުލަކު ސިޓީގައި ބޭއްވި ޑީއާރްޕީގެ ަކައުންސިލުގެ ޚާއްސަ ބައްދަލުވުމުގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!