ޚަބަރު އިޖުތިމާޢީ

މީރާއިން 25 ރުފިޔާ ވަގަށް ނެގި މީހާ އަދި ނުހޯދޭ: ފުލުހުން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ފުލުހުން / ފޮޓޯ: ދެން އިމޭޖްސް

މީރާ އޮފީސް ފަޅާލައި އެ ތަނުން 25 ރުފިޔާ ވަގަށް ނެގި މީހާ އަދި ނުހޯދޭކަމަށް ފުލުހުން ބުނެފިއެވެ.

Ads by MWSC

އަމީނީ މަގުގައި ހުންނަ ފިނޭންސް މިނިސްޓްރީ ހިންގާ ޢިމާރާތުގެ އެންމެ ތިރީ ފަންގިފިލާގައި ހުންނަ މީރާގެ އޮފީސް ފަޅާލައި އެ ތަނުން ވައްކަންކުރީ މި މަހުގެ 09 ވަނަ ދުވަހުގެރޭ މެންދަމުގައެވެ.

ޢިމާރާތުގެ ފުރަގަހުގެ ކުޑަދޮރެއް ތަޅާލައިގެން ވަދެ ނެގީ ހަމައެކަނި 25 ރުފިޔާއެވެ. އެއީ އެ ތަނުގެ މުވައްޒަފެއްގެ ކައުންޓަރުގައި ބާއްވައިފައި އޮތް 25 ރުފިޔާއެވެ.

އެ ދުވަހުން ފެށިގެން ފުލުހުން އަންނަނީ އެ މައްސަލަ ތަޙްޤީޤުކުރަމުންނެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!