ޚަބަރު

ޕާސްޕޯޓް ހަދައިދިނުމުގެ ޚިދުމަތް އަލުން ފަށައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދިމާވި ޓެކްނިކަލް މައްސަލަ ހައްލު ކުރުމަށްފަހު ޕާސްޕޯޓު ހަދައިދިނުމުގެ ޚިދުމަތް އަލުން ފަށައިފިއެވެ. މިއަދު ހެދުނުގެ ވަގުތެއްގައި މެދު ކެނޑުނު ޕާސްޕޯޓު ހެދުމުގެ ޚިދުމަތް އަލުން ފަށާފައިވަނީ މިއަދު ވަރަށް ހަވީރުގެ ވަގުތެއްގައެވެ.

Ads by Sosun Fihaara

ޕާސްޕޯޓު ޚިދުމަތް ދިނުން މެދެ ކެނޑެން މެދުވެރިވި ޓެކްނިކަލް މައްސަލައަކީ ކޮބައިކަން އިމިގްރޭޝަނުން ހާމަ ކޮށްފައި ނުވި ނަމަވެސް، އިމިގްރޭޝަނުންވަނީ، މި ޚިދުމަތް މެދު ކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވި ދަތިތަކަށް މާފަށް އެދިފައެވެ. އަދި ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

ފާއިތިވެދިޔަ ޖުލައިމަސް ފާހަގަ ވެގެން ދިޔައީ ރެކޯޑް އަދަދަކަށް އިމިގްރޭޝަކުން ޕާސްޕޯޓުތައް ހަދާދފައިވާ މަހަކަށެވެ. މި ގޮތުން އެމަހުގައި އިމިގްރޭޝަނުންވަނީ އެއް ދުވަހެއްގައި 596 ޕާސްޕޯޓު ދޫކޮށްފައެވެ.

ޕާސްޕޯޓ ހެދުމަށްޓަކާ މިހާރު އެޕްލިކޭޝަން ފޯމުގެ އިތުރުން ހުރިހާ ލިޔެކިޔުމެއްވެސް ހުށަހަޅަން ޖެހެނީ އޮންލައިން، އިމިގްރޭޝަންގެ ޕޯޓަލް އިމުގާ މެދުވެރިކޮށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!