ޚަބަރު ސިޔާސީ

ދައުލަތުން ވައްކަން ކުރާ މީހުންގެ ''އަތް ކަނޑާނަން'' : ޢުމަރު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ދައުލަތުން ވައްކަން ކުރާ މީހުންގެ އަތް ކަނޑަންޖެހޭ ކަމަށާއި އެކަން ކުރައްވާނެކަމަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ރޭ ވިދާޅުވެއްޖެއެވެ.

Ads by STELCO

''އިސްލާމީ ޝަރީޢަތުގައި ހިފުމަށް'' މި ނަމުގައި ރޭ ބޭއްވި ބައްދަލުވުމުގައި ޢުމަރު ވިދާޅުވީ ދައުލަތުން ވައްކަންކޮށް ދައުލަތުގެ ތިޖޫރީން ވައްކަންކުރާ މީހުންގެ މައްޗަށް އިސްލާމީ ޝަރީޢަތް ތަންފީޒުކުރަން ފަށައިފިނަމަ ދައުލަތުން ގިނަ ޢަދަދެއްގެ ފައިސާ ސަލާމަތްކުރެވޭނެ ކަމަށެވެ.

އަދި ދިވެހި ދައުލަތް އުދުއްސައިގަންނަން ބޭނުންނަމަ ދައުލަތުން ވައްކަންކުރާ މީހުންގެ އަތް ކަނޑަންޖެހޭ ކަމަށާއި އޭނާ އެކަން ކުރައްވާނެކަމަށް ޢުމަރު ވިދާޅުވިއެވެ. އެކަން ތަންފީޒުކޮށްފިނަމަ ދައުލަތުގެތެރޭގައި އަށަގަނެފައިވާ ވައްކަން ކުރުމުގެ ކެންސަރު އިސާހިތަކު ފިލައިގެން ހިނގައިދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!