ޚަބަރު

އެމްޓީސީސީގެ ހިދުމަތްތައް ބައިނަލްއަގްވާމީ ފެންވަރަށް ސެޓިފައިކޮށްފި

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ) ގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް، އައިއެސްއޯ 9001:2015 ސެޓްފިކެޓް އެމްޓީސީސީ އިން ހާސިލްކޮށްފިއެވެ.

Ads by Sosun Fihaara

އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން، އައިއެސްއޯގެ 9001:2015 ސްޓޭންޑަޑަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކޮލިޓީ މެނޭޖްމަންޓް ސިސްޓަމެވެ. މިސިސްޓަމަށް އެމްޓީސީސީ ސެޓިފައިކޮށްދީފައި ވަނީ އިނގިރޭސިވިލާތުގެ މަޝްހޫރު އެސްޖީއެސްއިންކަމަށް އެމްޓީސީސީން ބުނެއެވެ.

އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން، އައިއެސްއޯގެ 9001:2015 ސްޓޭންޑަޑަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކޮލިޓީ މެނޭޖްމަންޓް ސިސްޓަމެވެ. މިސިސްޓަމަށް އެމްޓީސީސީ ސެޓިފައިކޮށްދީފައި ވަނީ އިނގިރޭސިވިލާތުގެ މަޝްހޫރު އެސްޖީއެސްއިންކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ އެ ކުންފުންޏަކީ އައިއެސްއޯގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމަށް ސެޓިފައިކޮށްފައިވާ ދިވެހި މަދު ކުންފުނިތަކުގެ ތެރެއިން، ކުންފުނީގެ ހުރިހާ އޮޕަރޭޝަނެއް ސެޓިފައި ކުރެވުނު ކުންފުންޏެއްކަމަށެވެ. އެގޮތުން ކުންފުނީގެ ސިވިލް ކޮންސްޓްރަކްޝަން ޚިދުމަތް، ޓްރާންސްޕޯޓް ޚިދުމަތް، ލޮޖިސްޓިކް ޚިދުމަތް، އިންޖީން ސްޕެއަރ ޕާޓް އަދި އިކުއިޕްމަންޓް ވިއްކުމާ ޑިސްޓިރިބިއުޓް ކުރުން، ފަޅު ފުންކުރުމާއި ބިންހިއްކުމުގެ ޚިދުމަތް އަދި އިންޖިނިއަރިންގ އާއި ޑޮކިންގގެ ޚިދުމަތް ސެޓިފައިކޮށްފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީއަށް ލިބުނު ކާމިޔާބީއާ ގުޅިގެން އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިއީ އެކުންފުންޏަށް ލިބުނު ފަޚުރުވެރި ކާމިޔާބީއެއްކަމަށާއި މިކަމުގެ ސަބަބުން ކުންފުންޏަށް އޮތް އިތުބާރު ބޮޑުވެގެންދާނެކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މަސައްކަތުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް، ސެޓިފިކޭޝަން ދެމެހެއްޓުމަށް މަސައްކަތްކުރާނޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!