އޭލެވެލް އިމްތިހާނު އެޑެކްސެލްއިން ކެމްބްރިޖަށް ބަދަލުކޮށްފި
އޭލެވެލްގައި މިހާރު ކިޔަވައިދޭ އެޑެކްސެލް ސިލަބަހުގެ ބަދަލުގައި ކެމްބްރިޖު އިމްތިހާނު ދޭން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމައިފިއެވެ.
މިނިސްޓްރީން މިއަދު ބުނީ އަންނަ އަހަރުގެ ދިރާސީ އަހަރު ކެމްބްރިޖް އިންޓަނޭޝަނަލް އޭ-އެސް ލެވެލްއަށް ކިޔަވައިދޭން ފަށާނެ ކަމަށާއި, ޖެހިގެން އަންނަ އަހަރުގެ އޮކްޓޫބަރު/ނޮވެމްބަރުގައި ކެމްބްރިޖް އިންޓަނޭޝަނަލް އޭ-އެސް ލެވެލް އިމްތިހާނު ބާއްވާނެ ކަމަށެވެ.
އަދި ގުރޭޑް 12 ގެ ދަރިވަރުންނަށް ކެމްބްރިޖް ސިލަބަހަށް ކިޔަވައިދޭން ފަށާނޯ 2024-2025 ވަނަ އަހަރު ކަމަށާއި, އޮކްޓޫބަރު/ނޮވެމްބަރުގައި ކެމްބްރިޖް އިންޓަނޭޝަނަލް އޭލެވެލް އިމްތިހާނު ބާއްވާނެ ކަމަށެވެ.
''މި ބަދަލާ ގުޅިގެން މިހާރު މަތީ ސާނަވީއަށް ކިޔަވަމުންދާ އަދި މި އަހަރު ގްރޭޑް 11 ގައި ކިޔަވަން ފަށާ ދަރިވަރުންގެ އިމްތިހާނުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ވާހަކަ ދެންނެވީމެވެ.''
ނަމަވެސް އެ ބަދަލު ގެންނަން ނިންމީ ކީއްވެކަމެއް މިނިސްޓްރީން ހާމައެއް ނުކުރެއެވެ.
ދިވެހިން ކޮންމެ އަހަރު އިގިރޭސި ވިލާތަށް ޖިޒީ މިދެނީ ދިވެހިދަރިން ފިކުރު ހަލާކުކުރާ ސިލަބަސް ކިޔަވާތީ އަދި ސެޓްފިކެޓެއްވެސް އެކަމަށް ދޭތީ !