16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ބިދޭސީއަކު ހައްޔަރު ކޮށްފި
މާލެ އަތޮޅު ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ މިއަދު ކޯޓު އަމުރެއްގެ ދަށުން އެ މައްސަލާގައި ތުހުމަތު ކުރެވޭ 34 އަހަރުގެ ބަނގްލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ.
ފުލުހުން ބުނީ އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ހުށަހަޅާފައި ވަނީ ރޭ ދަންވަރު 12:32 ހާއިރު ކަމަށެވެ.
Ads by Allied Insurance