ޚަބަރު އިޖުތިމާޢީ

ފަތުރުވެރިކަމުގެ ދާއިރާގެ ޚިދުމަތްތެރިންގެ ޑޭޓާބޭސްއެއް އެކުލަވައިލަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ފަތުރުވެރިކަމުގެ ދާއިރާއަށް ޚިދުމަތްކުރައްވަމުން ގެންދަވާ މުޙައްމަދު މޫސާ (އުއްޗު) ރައީސް ޞާލިޙާއެކު. ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 30 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައިވާ ބޭފުޅުންގެ މަޢުލޫމާތު ހިމެނޭ ޑޭޓާބޭސްއެއް އެކުލަވައިލުމުގެ މަސައްކަތް ޓޫރިޒަމް މިިނިސްޓްރީން ފަށައިފިއެވެ.

Ads by STELCO

ޓޫރިޒަމް މިނިސްޓްރީން ބުނީ, ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައިވާ ބޭފުޅުންނާއި, ޚިދުމަތުގައި ތިއްބެވި ބޭފުޅުންނާއި, ފަތުރުވެރިކަމުގެ ދާއިރާއަށް މުހިންމު ކުރިއެރުމެއް ގެނައުމުގައި އިސް ދައުރެއް އަދާކޮށްފައިވާ ބޭފުޅުންގެ މަޢުލޫމާތު އެއްކޮށް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އާންމުންގެ ފަރާތުން ވެސް އެ މަޢުލޫމާތު ހޯދަން ބޭނުންވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ގޮތުން މަހުގެ 04 ވާ އާދީއްތަ ދުވަހުގެ ކުރިން އެކަމަށް ޚާއްސަކޮށްފައިވާ https://tinyurl.com/yc53zrwj
ލިންކް މެދުވެރިކޮށް މަޢުލޫމާތު ހުށަހެޅޭނެކަމަށް މިނިސްޓްރީން ބުންޏެވެ.

ޑޭޓާބޭސް އެކުލަވައިލުމަކީ މި އަހަރު ރާއްޖޭގައި ފާހަގަކުރާ ފަތުރުވެރިކަމުގެ ރަންޔޫބީލާ ގުޅުވައިގެން ޚިދުމަތްތެރިންގެ އަގުވަޒަންކުރުމުގެ މަގުސަދުގައި ފަށާފައިވާ ކަމެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!