ޚަބަރު ޝަރުޢީ ދާއިރާ

ފެމިލީ ކޯޓުގެ އިސް ގާޒީގެ މަޤާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ފެމިލީ ކޯޓުގެ ކުރީގެ އިސް ގާޒީ ހުޒައިފާ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވި ދުވަހު ހުވާކުރައްވަނީ. ފޮޓޯ: ޖޭއެސްސީ

ފެމިލީ ކޯޓުގެ އިސް ގާޒީކަމަށް ކުރިމަތިލެއްވުމުގެ ފުރުސަތު ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.

Ads by Hajj Corporation

މި މަޤާމަށް ކުރިމަތިލެއްވޭނީ ފެމިލީ ކޯޓަށް ޢައްޔަންކުރެވި, އެ ކޯޓުގައި މަސައްކަތް ކުރަމުންގެންދާ ފަނޑިޔާރުންނަށެވެ.

މަޤާމަށް ކުރިމަތިލެއްވުމުގެ ސުންގަޑިއަކީ މި މަހުގެ 11 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ.

ފެމިލީ ކޯޓުގައި މިހާރު ތިއްބަވަނީ ހަތް ފަނޑިޔާރުންނެވެ.

ފެމިލީ ކޯޓުގެ އިސް ގާޒީކަމަށް ކުރިމަތިލެއްވުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ, އެ މަޤާމުގައި ހުންނެވި ހުޒައިފާ މުޙައްމަދު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމާ ގުޅިގެންނެވެ. އޭނާ އެ މަޤާމަށް އައްޔަންކުރީ ޖޫން 27 ގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!