ޚަބަރު

އަމީނީ މަގުގައި 335 ސައިކަލް ޕާކް ކުރެވޭ ޒޯނެއް ހަދައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަމީނީ މަގުގެ ޓްރެފިކް ޕޮލިސް ކައިރީގައި ސައިކަލްތަކަށް ޕާކްކުރެވޭނެ ޕާކިން ޒޯނެއް ހަދައި ނިންމާލައިފިއެވެ.

Ads by Hajj Corporation

ސިޓީ ކައުންސިލުން ވިދާޅުވީ މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އަމީނީ މަގުގެ ޓްރެފިކް ޕޮލިސް ސްޓޭޝަން ކައިރީގައި ހެދި ޕާކިން ޒޯންއަކީ 335 ސައިކަލަށް ޕާކްކުރެވޭނެ ޒޯނެއްކަމަށެވެ.

އަންނަ ހޯމަ ދުވަހު މާލޭގައި މިނީ ބަހުގެ ޚިދުމަތް ފަށާއިރު، ބަހުގެ ރޫޓުތެރޭގައި ހިމެނޭ މަޖީދީމަގާއި ފަރީދީ މަގުގައި ހުރި ވެހިކަލްތައްޕާކް ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި އެ ސަރަހައްދުތަކުގައި އަންނަނީ ޕާކިން ޒޯންތައް ތަރައްޤީ ކުރަމުންނެވެ.

ޕާކިންގ އިތުރުކުރުމަށް ބިން ދީފައިވަނީ، ހ.ސަމޯސާވިލާ ގެއިންނާއި، ހައިކޯޓު ކުރިމަތިން އޮންނަ ބިމާއި، އަމީނީމަގުން ދަރުބާރުގެ ކައިރީގައި އޮންނަ ރުއްގަނޑު ސަރަޙައްދާއި މާފަންނުން ކޮރަލް ބޮލެވަރޑް ސަރަޙައްދުންނާއި، އަދި މަޖީދީމަގުން ހީނާމާގެއާއި ބިއްލޫރިޖެހިގެއިންނެވެ. މީގެ އިތުރުންވެސް އިތުރު ބައެއް ބިންތައް މިކަމަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!