ސަމާލުވޭ, ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ދެންމެ ބުނީ ހއ.އަތޮޅުން ފެށިގެން ތ.އަތޮޅަށް ރީނދޫ ސަމާލު ނެރެފައިވާ ކަމަށެވެ. ސަމާލު ނެރެފައިވަނީ ހަވީރު 17:00 އިން ފެށިގެން މިރޭ 21:00 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނީ އެ ސަރަހައްދުތަކަށް ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި, ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓު އޮފީހުން ހާމަކުރި ގޮތުގައި މިއަދާއި މާދަމާ ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިގަދަވެ, ކަނޑުތައް ގަދަވުން އެކަށީގެންވެއެވެ. އަދި އެންމެ އަވަހަށް ވެސް މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވެނީ އަންގާރަ ދުވަހު ކަމަށް އެ އޮފީހުން ބުންޏެވެ.