ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި

މޫސުން ގޯސްވުމުގެ ސަބަބުކް ރާއްޖޭގެ ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން މ.އަތޮޅަށެވެ. އެއީ ހަވީރު 11:15 އިން ފެށިގެން މެންދުރުފަހު 14:15 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނީ އެ ސަރަހައްދުތަކަށް ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ, ސަލާމަތީ ފިޔަވަޅުތައް ކަށަވަރުކޮށްގެން ދަތުރު ފެށުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރެއެވެ.