ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފަށައިފި

ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފަށައިފިއެވެ.
ފުލުހުން ހޯދަމުން އަންނަނީ ގދ. ގައްދޫ / އަދުންގެ, އަޙްމަދު ޝަކީލް (47އ) އެވެ.
ފުލުހުން މިއަދު ބުނީ, ގަލޮޅު ޕޮލިހުން ތަޙްޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައިގެ ތަޙްޤީޤަށް އޭނާ ހާޒިރުކުރުމަށް ބޭނުންވެ, އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަޙްޤީޤަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީ ކަމަށެވެ.
އަދި އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާަތީ ޖިނާއީ މައްސަލަތައް ތަޙްޤީޤު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަޙްޤީޤަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.
ފުލުހުން ބުނީ މި މަހުގެ 15 ވަނަ ދުވަހުގެ 10:00 އަށް, ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް ހާޒިރުވާން އަންގާ ކަމަށެވެ.
އޭނާއާބެހޭ އެއްވެސް މައުލޫމާތު ލިބިފައިވާނަމަ ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.