ޚަބަރު

ސާވިސް ޗާޖަކީ މަސައްކަތްކޮށް ހިދުމަތްދޭން ތިބޭ މީހުންގެ ހައްގެއް: އަލީ ހުސައިން

ދެން އެމްވީ ، ދެން އޮންލައިން

ސާވިސް ޗާޖަކީ މަސައްކަތްކޮށް ހިދުމަތްދޭން ތިބޭ މީހުންގެ ހައްގެއްކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅު ވެއްޖެއެވެ.

އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސާވިސް ޗާޖަކީ އެތަނެއްގައި މަސައްކަތްކޮށް ހިދުމަތްދޭން ތިބޭ މީހުންގެ ހައްގެއްކަމަށާއި އެ މަހެއް ނިމުމުން އެ މަހެއްގެ ސާވިސް ޗާޖު ލަސްނުކޮށް ލިބެން ޖެހޭނެކަމަށެވެ.

"ސާވިސް ޗާޖަށް ލިބޭވަރު މީރާގެ ހިސާބު ތަކުން ކަށަވަރު ކުރެވޭނެ. މަސައްކަތްތެރިންގެ ޙައްޤުގައި މިކަން ރެގިއުލޭޓު ކުރުން މުހިންމު." އަލީ ހުސައިން ވިދާޅުވިއެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން ސާވިސް ޗާޖުގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ލިބޭ ފައިސާގެ ޖުމްލަ އަދަދުގެ ތެރެއިން އެއް ޕަސެންޓަށްވާ ފައިސާ އިދާރީ ފީއެއްގެ ގޮތުގައި ކެނޑުމަށް ފަހު ބާކީވާ ފައިސާ ހިނގަމުންދާ މަސް ނިމުމުގެ ކުރިން އެފަރާތެއްގެ މުވައްޒަފުންނަށް ބަހައި ނިންމަންޖެހޭނެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!