ކުރިއަށް އޮތް ފަސް ދުވަހު މޫސުން ރަނގަޅުވާނެ

ކުރިއަށް އޮތް ފަސް ދުވަހުގައި ރާއްޖޭގެ މޫސުން ރަނގަޅުވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
އެ އިދާރާއިން ބުނީ ކުރިއަށް އޮތް ފަސް ދުވަހުގައި ދޭތެރެއަކުން ކެރީގެ އަސަރުކުރި ނަމަވެސް ބޯ ވިއްސާރައެއް ނުކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް ދުވަހު މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވޭކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރި ގޮތުގައި މިއަދުގެ 18:00 އާ ހަމައަށް އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށް ވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުންޏެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރި ގޮތުގައި އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް މިއަދު އާދައިގެ ވަރަކަށް ގަދަވާނެއެވެ. ނަމަވެސް ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް އެ އިދާރާއިން ބުންޏެވެ.