Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
އިޖުތިމާޢީ

އަލަމްގީރް ކޭސް: ބްލެކްމެއިލް ކުރި މީހުން ހޯދަން އޮޕަރޭޝަނެއް

އަލަމްގީރް ކޭސް: ބްލެކްމެއިލް ކުރި މީހުން ހޯދަން އޮޕަރޭޝަނެއް

ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ އެމްޑީ އަލަމްގީރު, ރާއްޖޭގެ ބައެއް މީހުންނާއެކު އެއް ޖިންސުން ގުޅުން ހިންގި މަންޒަރުތައް ފެންނަ ވީޑިއޯތައް ބޭނުންކޮށްގެން އެ މީހުން ބްލެކްމެއިލް ކުރި މީހުން ހޯދަން ފުލުހުން އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ގިނަ އަދަދެއްގެ ބައެއްގެ ވީޑިއޯ ބޭނުންކޮށްގެން ބްލެކްމެއިލް ކުރި މައްސަލައަކާ ގުޅިގެން އޮޕަރޭޝަނެއް ފަށާފައިވާ ކަމަށާއި, އޮޕަރޭޝަން ނިމުމުން އެކަމާބެހޭ މަޢުލޫމާތުތައް ހާމަކުރާނެ ކަމަށެވެ.

ބައެއް މީޑިއާތަކުން ރިޕޯޓު ކުރި ގޮތުގައި އެ އޮޕަރޭޝަނުގައި މެދުރާއްޖެތެެރޭގެ އަތޮޅެއްގެ ރަށަކަށް ނިސްބަތްވާ ދެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

Advertisement
Ooredoo — Square (box)

ނަމަވެސް ފުލުހުން އެކަން ޔަޤީންކޮށްދީފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް