ސިވިލް ކޯޓުގެ ގާޒިކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސިވިލް ކޯޓުގެ ގާޒިކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 03 ވަނަ ދުވަހުގެ 13:00 ކަމަށެވެ.
މަޤާމުގެ މުސާރައަށް 30,000 ރުފިޔާ ލިބޭއިރު, ލިވިންގ އެލަވަންސްގެ ގޮތުގައި 15,000 ރުފިޔާއާއި, ރިސްކް އެލަވަންސް ގޮތުގައި މަހަކު 1650 ރުފިޔާ ލިބޭނެއެވެ.
އޭގެއިތުރުން މެޑިކަލް އިންޝުއަރެންސާއި, ފޯނު އެލަވަންސް,
ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ލިބޭނެއެވެ.