ޚަބަރު ޝަރުޢީ ދާއިރާ

އަލަމްގީރު ކޭސް: ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރި މައްސަލައިގައި 5 މީހަކު ހައްޔަރުކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ހައްޔަރުކޮށްފައިިވާ މީހުން. ފޮޓޯ: ފުލުހުން

ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ އެމްޑީ އަލަމްގީރު, ރާއްޖޭގެ ބައެއް މީހުންނާއެކު އެއް ޖިންސުން ގުޅުން ހިންގި މަންޒަރުތައް ފެންނަ ވީޑިއޯތައް ބޭނުންކޮށްގެން އެ މީހުން ބްލެކްމެއިލް ކުރި މީހުން ހޯދަން ފުލުހުން ފެށި އޮޕަރޭޝަނުގައި މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

Ads by MWSC

ފުލުހުން މިއަދު ބުނީ އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑްކޮށް, އެ ވީޑިއޯތައް ލީކު ކޮށްލާނެކަމަށްބުނެ ބިރުދައްކައި, ބުލެކްމެއިލްކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ޑިމާންޑްކޮށް, އަދި ރެކޯޑް ކޮށްފައިވާ ބައެއް ވީޑިއޯތައް އާންމުކޮށްފައިވާ މައްސަލައާ ގުޅިގެން މިހާތަނަށް ޖުމުލަ ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް އޭގެތެރެއިން ދެ މީހަކު ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތްކަމަށް ނިންމައި ކޯޓުން ދޫކޮށްލައިފައިވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ދެން ހައްޔަރުކޮށްފައިވާ ތިން މީހުން:

ޙަމްދޫން ޢަބްދުﷲ (37އ), ބ. ދަރަވަންދޫ، އަކިރި.

މުޙައްމަދު މިހާދު މުޞްޠަފާ (24އ), ބ. ދަރަވަންދޫ، ހީމަ.

މައުމޫން މޫސާ (41އ) , ށ. ފުނަދޫ، ސީސްޓަރ.

ޙަމްދޫނާއި, މިހާދު ހައްޔަރުކުރީ މި މަހުގެ 18 ވަނަ ދުވަހުއެވެ. ޙަމްދޫންގެ ބަންދަށް 15 ދުވަސް އަދި މިހާދުގެ ބަންދަށް 7 ދުވަސް ކޯޓުން ދީފައިވާކަމަށް ފުލުހުން ބުންޏެވެ.

މައުމޫން ހައްޔަރުކުރީ މި މަހުގެ 20 ވަނަ ދުވަހުއެވެ. އޭނ ބަންދުގައި ބެހެއްޓުމަށް ކޯޓުން ދިނީ 10 ދުވަސްކަމަށް ފުލުހުން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!