މުސްލިމުންނާ ދެކޮޅަށް އިންޑިއާގައި ހިންގަމުންދާ ހަމަނުޖެހުންތަކުގައި 32 މީހުން މަރުވެއްޖެ
މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހިންދޫންނާއި، މުސްލިމުންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި މަރުވި މީހުންގެ އަދަދު 32 އަށް އަރައިފިއެވެ.
މި ހަމަނުޖެހުންތައް ހިނގަން ފެށުމުގެ އަސްލަކީ ޢިންޑިއާގެ ރައްވެހިކަމާއި ބެހޭ ޤާނޫނަށް ގެނައި އިސްލާޙުގެ ސަބަބުންނެވެ. އެ ޤާނޫނަށް ގެނައި އިސްލާޙު އޮތީ އެހެން ދީންތަކުގެ މީހުންނަށް ވުރެ ބޮޑަށް މުސްލިމުންނަށް އެގައުމުގެ ރަށްވެހިކަން ހޯދުމުގައި ދަތިތައް ކުރިމަތިވާނެ ފަދަ ގޮތަކަށެވެ.
އެއީ މުސްލިމުންގެ ހައްގުތައް ނިގުޅައިގަނެ އަޅުވެތި ކުރުމަށް ބާރު ލިބޭ އިސްހާލެއް ކަމަށް ބުނެ އެތައް މިލިއަން މުސްލިމުންނެއް ދަނީ އަޑު އުފުލައި އިހުތިޖާޖު ކުރަމުންނެވެ.
މި ހަމަނުޖެހުންތަކުގައި 32 މީހުން މަރުވުމުގެ އިތުރުން 200 އެއްހާ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ.
ހިންދޫންގެ ގްރޫޕްތަކުން މިސްކިތްތަކާއި މުސްލިމުންގެ ގެދޮރާއި ތަންތަނަށް ގެއްލުން ދެމުންދާއިރު، ހަމަނުޖެހުންތައް ހުއްޓާލައި ހުރިހާ ފަރާތްތަކަކުން ވެސް ހަމަޖެހުން އިސްކުރަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިއްޔެ ވަނީ ގޮވާލާފައެވެ.
ހަމަނުޖެހުންތައް ބޮޑުވުމާ ގުޅިގެން ދިއްލީ ސަރުކާރުން މިހާރު ވަނީ ބައެއް ސަރަހައްދުތަކުގައި ކާފިއު ހިންގާފައެވެ. އަދި ސިފައިން ނެރެދިނުމަށް ނިއުދިއްލީގެ ޗީފް މިނިސްޓަރ އަރްވިންދު ކެޖުރިވާލް ގޮވާލެއްވި ނަމަވެސް އެކަން ކުރަން އިންޑިއާގެ ހޯމް މިނިސްޓްރީން ދެކޮޅު ހަދަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.