އަރަބިއްޔާއާއި ޖަމާލުއްދީން ސުކޫލުގެ މަސައްކަތް 168 މިލިއަން ރުފިޔާއަށް ހަވާލުކޮށްފި

އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް އަދި ޖަމާލުއްދީން ސްކޫލުގެ އެނެކްސް އިމާރާތުގެ މަސައްކަތް ޑިޒައިންގ އެންޑް ބިލްޑްގެ އުސޫލުން އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ މި މަސައްކަތުގެ އެއްބަސްވުމުގައި އެ ކުންފުންޏާއެކު ސޮއިކޮށްފައެވެ.
މި މަސައްކަތް ހަވާލުކުރީ 420 ދުވަސްތެރޭގައި ނިން މާގޮތަށް 168 މިލިއަން ރުފިޔާއަށެވެ.
މި މަސައްކަތުގެ ދަށުން ބާ ޖަމާލުންދީން ހުރި ސަރަހައްދުގައި 40 ކްލާސް ރޫމާއި މަލްޓިޕާޕަސް ހޯލެއް އިމާރަތް ކުރަން ވަނީ ހަމަޖެހިފައެވެ. ޖަމާލުއްދީން ސްކޫލުގެ އާ އިމާރާތުގައި ހަދާނީ 34 ކްލާސްރޫމެވެ.