ލައިފްސްޓައިލް

ކޮވިޑް-19: 33 އަހަރު އެކުގައި އުޅުނު ދެ މަފިރިން މަރުވީ އެކު އެކީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކައިވެންޏަށް 33 އަހަރު ވީ ދެމަފިރިއަކަށް ކޮވިޑް19 ޖެހިގެން އެކުއެކީގައިހެން މަރުވެއްޖެއެވެ. އެމެރިކާގެ ކެލިފޯނިއާގެ މި ދެމަފިރިންގެ މަރުގެ ތަފާތުގައި ވަނީ އެންމެ 11 ދުވަހެވެ.

Ads by Hajj Corporation

ރިޕޯޓުތައް ބުނާ ގޮތުގައި މީގެ 33 އަހަރު ކުރިން މި ދެމީހުން ކައިވެނި ކުރުމުގެ ކުރިން، މި ދެމީހުންނަކީ އެންމެ ގާތް ރަހުމަތްތެރިންނެވެ.

މި ދެމަފިރިންގެ ދަރިފުޅު އެބޯނީ ހަންޓާ އޭބީސީ އަށް ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި އެންމެ ފަހުން ބައްޕައާ ދިމާވީ އެއް ދުވަހު ހެނދުނު ހޭލިއިރު ނޭވާ ނުލެވިގެން އުޅެނިކޮށް ކަމަށެވެ. އެހެންވެ އަވަހަށް ބައްޕަ އެމަޖެންސީ ރޫމަށް ގެންދިއުމަށް މަސައްކަތް ކުރިކަމަށާއި ނަމަވެސް އޭގެ ކުރިން ބައްޕަ ދުނިޔެ ދޫކުރި ކަމަށް އޭނާ ބުނެފައިވެއެވެ.

ޕޯސްޓުމޭން އެއްގެ ވަޒީފާ އަދާކުރަމުން އައި ކީތް ރޮބިންސަން މަރުވެފައިވަނީ، އޭނާގެ އަންހެނުން ކޮވިޑް19 ޖެހިގެން މަރުވިތާ 11 ދުވަސް ފަހުންނެވެ.

ދެމަފިރިން މަރުވިއިރު، ދުނިޔޭގައި 4 ދަރިންނާއި 10 މާމަ ދަރިން އެބަތިއްބެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!