ޚަބަރު

ގެއްލިގެން ހޯދަމުން އައި އުބައިދުﷲ ފެނިއްޖެ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އައްޑޫ ސިޓީ ހިތަދޫން ގެއްލިގެން ހޯދަމުން އައި އުބައިދުﷲ ޙަސަން (28އ) ފެނިއްޖެއެވެ.

Ads by MWSC

އޭނާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ 08:00 ހާއިރުއެވެ.

އޭނާ ހޯދަން ފުލުހުން އިއުލާނުކުރީ މިރޭގައެވެ. ފުލުހުން ދެންމެ ބުނީ އުބައިދުﷲ ޙަސަނާ މިހާރު ގުޅިފައިވާ ކަމަށާއި, އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި އޭނާ މިވަގުތު ހުރީ މަސްދޯންޏެއްގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ އުބައިދުﷲ ހޯދަން އެހީތެރިވެދިން މީހުންނަށް ޝުކުރު އަދާކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!