Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ރިޕޯޓް

ޚިދުމަތުގައި 42 އަހަރު: ހައިކޯޓުގެ އެހާރާއި މިހާރަށް އަވަސް ކަޅިއެއް

ޚިދުމަތުގައި 42 އަހަރު: ހައިކޯޓުގެ އެހާރާއި މިހާރަށް އަވަސް ކަޅިއެއް

މިއަދަކީ, ދިވެހިރާއްޖޭގެ ހައިކޯޓު އުފެއްދިތާ 42 އަހަރު ފުރޭ ދުވަހެވެ. ދަށު ކޯޓުތަކުން ކަނޑައަޅާ ނިޔާއާމެދު ޔަޤީންކަން އިތުރުކޮށް, އިތުބާރު ބޮޑުކުރުމުގެ މަގުސަދުގައި ހައިކޯޓު އުފެއްދީ 1980 ވަނަ އަހަރު އޮކްޓޯބަރު މަހުގެ 05 ވަނަ ދުވަހުއެވެ. އިންތިޤާލީ ސުޕްރީމް ކޯޓު ވުޖޫދަށް އައުމާ ހަމައަށް ރާއްޖޭގައި ޢަދުލު އިންސާފު ޤާއިމު ކުރުމުގެ އެންމެ އިސް ކޯޓަކީ ވެސް ހައިކޯޓެވެ. އިންތިޤާލީ ސްޕްރީމް ކޯޓު އުފެދުނީ 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.

<img class="alignnone size-medium wp-image-81345" src="https://cdn.dhen.mv/wp-content/uploads/2021/04/0_1454941433high_court_news-300x167.jpg" alt="" width="300" height="167" />

ދަށު ކޯޓުތަކާއި, ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތަކުގެ ތެރެއިން ޤާނޫނަކުން އެ ނިންމުމެއް ހައިކޯޓަށް ހުށަހެޅުން އިސްތިސްނާކޮށްފައި ނުވާ އެންމެހައި ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނެއެވެ. އަދި ޤާނޫނުއަސާސީ ނުވަތަ ޤާނޫނެއްގައި މައްސަލައެއްގެ ފުރަތަމަ މަރުހަލާގެ ކޯޓަކީ ހައިކޯޓު ކަމުގައި ކަނޑައަޅާފައިވާ އެންމެހައި މައްސަލަތައް ވެސް ބަލާނީ ހައިކޯޓުންނެވެ.

Advertisement
Ooredoo — Truecaller (box)

ހައިކޯޓު އެކުލެވިގެންވަނީ އިސް ފަނޑިޔާރާއެކު ޖުމްލަ 11 ފަނޑިޔާރުންގެ މައްޗަށެވެ. ހައިކޯޓުން މައްސަލަތައް ބަލައި ނިންމާނީ އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ މަޖިލީހަކުންނެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގެ މެޖިސްޓްރޭޓު ކޯޓުތަކުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށް ހުށަހެޅުމަށްޓަކައި, މީގެ ކުރިން ކުޅުދުއްފުށި ސިޓީއާއި, އައްޑޫ ސިޓީގައި ހައިކޯޓުގެ ގޮފިތައް ގާއިމުކުރިއެވެ.

[caption id="attachment_163556" align="alignnone" width="300"]<img class="size-medium wp-image-163556" src="https://cdn.dhen.mv/wp-content/uploads/2022/10/IMG_20221004_111307-300x295.jpg" alt="" width="300" height="295" /> ހައިކޯޓުގެ އުތުރު ގޮފިން ކުރިއަށް ގެންދިޔަ ޝަރީޢަތުގެ މަޖިލީހެއްގެ ތެރެއިން. ފޮޓޯ: ހައިކޯޓު[/caption]

އެ ގޮތުން އުތުރުގޮފި ހުޅުވުނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އަދި ދެކުނު ގޮފީގެ މަސައްކަތް ފެށީ 2015 ވަނަ އަހަރުގެ ޑިސެމްބަރު 16 ގައެވެ. ނަމަވެސް މިދިޔަ ޖުލައި 17 ވަނަ ދުވަހު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު ތަސްދީޤު ކުރެއްވުމުން ގޮފިތައް ވަނީ އުވާލެވިފައެވެ.

[caption id="attachment_163555" align="alignnone" width="300"]<img class="size-medium wp-image-163555" src="https://cdn.dhen.mv/wp-content/uploads/2022/10/IMG_20221004_111251-300x268.jpg" alt="" width="300" height="268" /> ހައިކޯޓުގެ ގޮފިތައް މިހާރު ވަނީ އުވާލެވިފައި. ފޮޓޯ: ހައިކޯޓު[/caption]

<strong>ހައިކޯޓަށް ފަނޑިޔާރުން ޢައްޔަން ކުރެއްވުން:</strong>

1980 ވަނަ އަހަރު އޮކްޓޯބަރު މަހުގެ 05 ވަނަ ދުވަހު ހައިކޯޓު އުފައްދައި, ޖެހިގެން އައި ދުވަހު އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަން ކުރެއްވީ ފަޟީލަތުލް އުސްތާޒުއްޝައިޚް މޫސާ ފަތުޙީއެވެ. އެ ދުވަހުން ފެށިގެން 1996 ވަނަ އަހަރުގެ ނޮވެމްބަރު 06 ގައި އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގެ މުސްތަޝާރުކަމުގެ މަޤާމަށް ބަދަލުކުރެއްވުމާ ހަމައަށް އެ މަނިކުފާނު ހުންނެވީ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމުގައެވެ.

މީގެ އިތުރުން 1980 ވަނަ އަހަރު އޮކްޓޯބަރު މަހުގެ 06 ވަނަ ދުވަހު ހައިކޯޓަށް އިތުރު ދެ ފަނޑިޔާރަކު އައްޔަން ކުރެއްވިއެވެ.

އެ ދެ ފަނޑިޔާރުންނަކީ އަލްއުސްތާޒު ޙުސައިން ޔޫސުފާއި, އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާނެވެ. އަލްއުސްތާޒު ޙުސައިން ޔޫސުފް ވަނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހާ ހަމައަށް އެ މަޤާމު ފުރުއްވައިފައެވެ. އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ހައިކޯޓުގެ ފަނޑިޔާރުކަމުން ވަކިވެވަޑައިގަތީ އެޓާނީ ޖެނެރަލްގެ ނައިބަކަށް އިސްކުރެއްވުމާއި ގުޅިގެން 1981 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 11 ވަނަ ދުވަހުއެވެ.

[caption id="attachment_163549" align="alignnone" width="300"]<img class="size-medium wp-image-163549" src="https://cdn.dhen.mv/wp-content/uploads/2022/10/IMG_20221004_104910-300x296.jpg" alt="" width="300" height="296" /> ހައިކޯޓުގެ ކުރީގެ ފަނޑިޔާރުން. ފޮޓޯ: ހައިކޯޓު[/caption]

އައްޝައިޚް އަޙްމަދު އާދަމް:

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަން ކުރެއްވީ 10 ޑިސެމްބަރު 1980 ގައި. 09 ޖުލައި 1983 އާ ހަމައަށް އެ މަޤާމު އަދާކުރެއްވި.

އައްޝައިޚް އިބްރާހީމް ރަމީޒު:

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަން ކުރެއްވީ 11 އޯގަސްޓް 1981 ގައި. 18 ޖުލައި 1983 އާ ހަމައަށް އެ މަޤާމު އަދާކުރެއްވި.

އަލްއުސްތާޒު ޢަބްދުﷲ އާދަމް:

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަން ކުރެއްވީ 12 މާރިޗް 1989 ގައި. 21 އޭޕްރީލް 1991 އާ ހަމައަށް އެ މަޤާމު އަދާކުރެއްވި.

އަލްފާޟިލް ޔޫސުފް މޫސާ:

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަން ކުރެއްވީ
26 އޯގަސްޓް 1992 ގައި. 14 ޖޫން 1996 އާ ހަމައަށް އެ މަޤާމު އަދާކުރެއްވި.

އަލްއުސްތާޒު ޢަބްދުލްޣަފޫރު އަޙްމަދު:

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަން ކުރެއްވީ ޖޫން 01
1995 ގައި. 27 އޮކްޓޯބަރ 1997 އާ ހަމައަށް އެ މަޤާމު އަދާކުރެއްވި.

އަލްއުސްތާޒު އިބްރާހިމް ނަޞީރު:

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަން ކުރެއްވީ 21 ޖުލައި 1983 ގައި. 30 ޖުލައި 2003 ގައި އިސް ފަނޑިޔާރެއްގެ މަޤާމަށް ބަދަލުކުރެވުނު. 23 ޖަނަވަރީ 2004 ގައި އެ މަނިކުފާނު އަވަހާރަވުމާ ހަމައަށް އެ މަޤާމު އަދާކުރެއްވި.

އަލްފާޟިލް އަޙްމަދު ޙަމީދު ފަހުމީ:

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަން ކުރެއްވީ 21 ޖުލައި 1983 ގައި. 30 ޖުލައި 2003 ގައި އިސް ފަނޑިޔާރެއްގެ މަޤާމަށް ބަދަލުކުރެވުނު. 15 ޖުލައި 2004 އާ ހަމައަށް އެ މަޤާމު އަދާކުރެއްވި.

ފަޟީލަތުލް އުސްތާޒުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް:

އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަން ކުރެއްވީ 06 ނޮވެމްބަރު 1996 ގައި. 07 އޯގަސްޓު 2008 ހަމައަށް ހުންނެވީ އުއްތަމަ ފަނޑިޔާރުގެ މަޤާމުގައި.

އަލްއުސްތާޒު އަޙްމަދު ފާއިޒު ޙުސައިން:

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަން ކުރެއްވީ 12 އޮގަސްޓު 2004 ގައި. އިންތިޤާލީ ސުޕްރީމް ކޯޓު އުފައްދަވައި އެ ކޯޓަށް ޢައްޔަން ކުރެއްވި 5 ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވުމާއި ހަމައަށް ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމު ފުރުއްވި. 10 އޮގަސްޓް 2010 ގައި ދާއިމީ ސުޕްރީމް ކޯޓު އުފެދުމަށްފަހު މިހާރު ޢަމަލު ކުރެވެމުންދާ މިދާ ޤާނޫނުއަސާސީގެ ދަށުން ޢައްޔަން ކުރެވުނު ފުރަތަމަ އުއްތަމަ ފަނޑިޔާރަކީ ވެސް އެމަނިކުފާނު.

އަލްއުސްތާޒު ޢަލީ ޙަމީދު މުޙައްމަދު:

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަން ކުރެއްވީ 19 ނޮވެމްބަރު 1996 ގައި. ހައިކޯޓުގެ ފަނޑިޔާރުކަމުން ވަކިވެވަޑައިގަތީ ދާއިމީ ސުޕްރީމް ކޯޓު އުފެދި އެ ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަން ކުރެއްވުމާއި ގުޅިގެން.

[caption id="attachment_163554" align="alignnone" width="283"]<img class="size-medium wp-image-163554" src="https://cdn.dhen.mv/wp-content/uploads/2022/10/IMG_20221004_105110-283x300.jpg" alt="" width="283" height="300" /> ރައީސް އޮފީހުގެ ދެންނެވުމެއް.[/caption]

އަލްއުސްތާޒު އާދަމް މުޙައްމަދު ޢަބްދުﷲ:

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަން ކުރެއްވީ 02 ފެބްރުއަރީ 2003 ގައި. ހައިކޯޓުގެ ފަނޑިޔާރުކަމުން ވަކިވެވަޑައިގަތީ ދާއިމީ ސުޕްރީމް ކޯޓު އުފެދި އެ ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަން ކުރެއްވުމާއި ގުޅިގެން.

އަލްއުސްތާޒު އަޙްމަދު ޝަރީފް:

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަން ކުރެއްވީ 21 ސެޕްޓެމްބަރު 2008 ގައި. 26 އޭޕްރީލް 2011 އިން 06 އޮގަސްޓު 2014 އާ ހަމައަށް ހުންނެވީ ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަޤާމުގައި.

އަލްއުސްތާޒު ޔޫސުފް ޙުސައިން:

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގެ ހުވާ ކުރެއްވީ 21 ސެޕްޓެމްބަރު 2010 ގައި.

ޑރ. އަޒްމިރާލްދާ ޒާހިރު:

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގެ ހުވާ ކުރެއްވީ 26 މާރިޗު 2011 ގައި. މިހާރު ހުންނެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގައި. އެ ކަމަނާއަކީ ހައިކޯޓަށް އެންމެ ފުރަތަމަ އައްޔަން ކުރެވުނު އަންހެން ފަނޑިޔާރު.

[caption id="attachment_163550" align="alignnone" width="231"]<img class="size-medium wp-image-163550" src="https://cdn.dhen.mv/wp-content/uploads/2022/10/edba2b0388a36c273a75f1f509f4ffb0-231x300.jpg" alt="" width="231" height="300" /> ފަނޑިޔާރު ޑރ.އަޒްމިރާލްދާ. ފޮޓޯ: ޖޭއެސްސީ[/caption]

އަލްއުސްތާޒު ޢައްބާސް ޝަރީފް:

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގެ ހުވާ ކުރެއްވީ 26 މާރިޗު 2011 ގައި. ފަނޑިޔާރުކަމުގެ މަޤާމުން ރިޓަޔަރ ކުރައްވާފައިވަނީ ސެޕްޓެމްބަރު 2015 ގައި.

އަލްއުސްތާޒު ޢަބްދުﷲ ދީދީ:

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގެ ހުވާކުރެއްވީ 08 ޖޫން 2015 ގައި. 28 ޖޫން 2018 ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަން ކުރެއްވުމާ ހަމައަށް އެ މަނިކުފާނު ހުންނެވީ ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަޤާމުގައި.

އަލްއުސްތާޒު ޢަބްދުލްޣަނީ މުޙައްމަދު:

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަން ކުރެއްވީ 14 މާރިޗު 2004 ގައި. 21 ސެޕްޓެމްބަރު 2008 އިން 26 އޭޕްރީލް 2011 އާ ހަމައަށް ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަޤާމު އަދާކުރެއްވި. ހައިކޯޓުގެ ދެކުނު ގޮފީގެ އިސް ފަނޑިޔާރުކަމުގެ މަޤާމު ވެސް އަދާކުރެއްވި. 28 ޖޫން 2018 ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަން ކުރެއްވުމާ ހަމައަށް ހުންނެވީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގައި.

ފަނޑިޔާރު އަލްއުސްތާޒު ޙަސަން ޢަލީ:

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގެ ހުވާ ކުރެއްވީ 18 މާރިޗް 2018 ގައި. އިސްތިއުފާދެއްވީ 20 ޖުލައި 2020 ގައި.

އަލްއުސްތާޒު ޝުޖާޢު އުޘްމާން:

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގެ ހުވާ ކުރެއްވީ 08 ޖޫން 2015 ގައި. ފަނޑިޔާރުކަމުން އިސްތިއުފާދެއްވީ 17 އޮގަސްޓު 2020 ގައި.

އަލްއުސްތާޒު ޢަލީ ސަމީރު:

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގެ ހުވާ ކުރެއްވީ 26 މާރިޗު  2011 ގައި. ފަނޑިޔާރުކަމުން އިސްތިއުފާދެއްވީ 17 އޭޕްރީލް 2022 ގައި.

އަލްއުސްތާޒު ޢަބްދުއްރަޢޫފު އިބްރާހީމް:

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގެ ހުވާ ކުރެއްވީ 26 މާރިޗު 2011 ގައި. ފަނޑިޔާރުކަމުން އިސްތިއުފާދެއްވީ 31 މެއި 2022 ގައި.

އަލްއުސްތާޒު ޢަބްދުﷲ ޙަމީދު:

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަން ކުރެއްވީ 09 ޑިސެމްބަރު 2007 ގައި. މި އަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހާ ހަމައަށް ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމު އަދާ ކުރެއްވި.

[caption id="attachment_163551" align="alignnone" width="300"]<img class="size-medium wp-image-163551" src="https://cdn.dhen.mv/wp-content/uploads/2022/10/IMG_20221004_105001-300x298.jpg" alt="" width="300" height="298" /> ހައިކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުން. ފޮޓޯ: ހައިކޯޓު[/caption]

ހައިކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންނަކީ އަލްއުސްތާޒު ހާތިފް ޙިލްމީއާއި, އަލްއުސްތާޒު ޝުޢައިބު ޙުސައިން ޒަކަރިއްޔާއާއި, އަލްއުސްތާޒު މުޙައްމަދު ނިޔާޒާއި, އަލްއުސްތާޒު މުޙައްމަދު ފައިޞަލާއި, އަލްއުސްތާޒު ޙުސައިން ޝަހީދާއި, އަލްއުސްތާޒު ޙުސައިން މަޒީދާއި, އަލްއުސްތާޒު ހަސަން ޝަފީޢު އާއި, އަލްއުސްތާޒާ ފާޠިމަތު ފަރްހީޒާއާއި, އަލްއުސްތާޒާ ޙުޒައިފާ މުޙައްމަދާއި, އަލްއުސްތާޒާ ދީބާނާޒް ފަހުމީއާއި, އަލްއުސްތާޒު މުޙައްމަދު ސަލީމެވެ.

އަލްއުސްތާޒު ހާތިފް ޙިލްމީ ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަން ކުރެއްވީ 26 ނޮވެމްބަރު 2020 ގައެވެ. އެ މަނިކުފާނަކީ 07 ނޮވެމްބަރު 2019 އިން ފެށިގެން ހައިކޯޓުގެ ފަނޑިޔާރެކެވެ. އަލްއުސްތާޒު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގެ ހުވާ ކުރެއްވީ 26 މާރިޗު 2011 ގައެވެ. އަދި އަލްއުސްތާޒު މުޙައްމަދު ނިޔާޒު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގެ ހުވާ ކުރެއްވީ 25 ޖަނަވަރީ 2018 ގައެވެ.

އަލްއުސްތާޒު މުޙައްމަދު ފައިޞަލާއި, އަލްއުސްތާޒު ޙުސައިން ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ 24 ޖުލައި 2018 ގައެވެ.

އަލްއުސްތާޒު ޙުސައިން މަޒީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަން ކުރެއްވީ 07 ނޮވެމްބަރު 2019 ގައެވެ. އަދި
އަލްއުސްތާޒު ހަސަން ޝަފީޢު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަން ކުރެއްވީ 04 އޮކްޓޯބަރު 2020 ގައެވެ.

އަލްއުސްތާޒާ ފާޠިމަތު ފަރްހީޒާ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގެ ހުވާ ކުރެއްވީ 04 އޮކްޓޯބަރު 2020 ގައެވެ. އަލްއުސްތާޒާ ޙުޒައިފާ މުޙައްމަދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ މިދިޔަ ޖޫންމަހުގެ 27 ވަނަ ދުވަހުއެވެ.

[caption id="attachment_163568" align="alignnone" width="300"]<img class="size-medium wp-image-163568" src="https://cdn.dhen.mv/wp-content/uploads/2022/10/IMG_20221004_111327-1-300x295.jpg" alt="" width="300" height="295" /> ފަނޑިޔާރު ހުޒައިފާ މަޤާމުގެ ހުވާކުރެއްވުން. ފޮޓޯ: ހައިކޯޓު[/caption]

މީގެ އިތުރުން އަލްއުސްތާޒާ ދީބާނާޒް ފަހުމީ އާއި އަލްއުސްތާޒު މުޙައްމަދު ސަލީމް ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ މިދިޔަ އޮގަސްޓުމަހުގެ 09 ގައެވެ.

[caption id="attachment_163553" align="alignnone" width="300"]<img class="size-medium wp-image-163553" src="https://cdn.dhen.mv/wp-content/uploads/2022/10/IMG_20221004_105238-300x144.jpg" alt="" width="300" height="144" /> ހައިކޯޓުން އޮންލައިންކޮށް ކުރިއަށްގެންދިޔަ އަޑުއެހުމެއް[/caption]

<strong>މި އަހަރުގެ މިހާތަނަށް ނިންމި މައްސަލަތައް:</strong>

ޖަނަވަރީ: 16 މައްސަލަ
ފެބްރުއަރީ: 46 މައްސަލަ
މާރިޗް: 60 މައްސަލަ
އޭޕްރީލް: 35 މައްސަލަ
މެއި: 18 މައްސަލަ
ޖޫން: 34 މައްސަލަ
ޖުލައި: 09 މައްސަލަ
އޮގަސްޓް: 41 މައްސަލަ
ސެޕްޓެމްބަރު: 37 މައްސަލަ
އޮކްޓޯބަރު: 03 މައްސަލަ

[caption id="attachment_163552" align="alignnone" width="300"]<img class="size-medium wp-image-163552" src="https://cdn.dhen.mv/wp-content/uploads/2022/10/IMG_20221004_105157-300x166.jpg" alt="" width="300" height="166" /> ހައިކޯޓުން އޮންލައިންކޮށް ކުރިއަށް ގެންދިޔަ އަޑުއެހުމެއް.[/caption]

އޭގެތެރެއިން އެންމެ ގިނައީ މަދަނީ މައްސަލަތަކެވެ. އެއީ 129 މައްސަލައެވެ. ދެން އެންމެ ގިނައިން ބަލާފައިވަނީ ޖިނާއީ މައްސަލަތަކެވެ. އެއީ 123 މައްސަލައެވެ. ވަޒީފާއާބެހޭ 29 މައްސަލަ ބެލިއިރު, ޢާއިލީ 11 މައްސަލައާއި, ޓެކްސްއާބެހޭ 07 މައްސަލަ ވަނީ ބަލައިފައެވެ.

[caption id="attachment_163563" align="alignnone" width="182"]<img class="size-medium wp-image-163563" src="https://cdn.dhen.mv/wp-content/uploads/2022/10/IMG_20221004_112917-182x300.jpg" alt="" width="182" height="300" /> ހައިކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ''ދެން'' އިން ލިޔެފައިވާ ޚަބަރެއްގެ ސްކްރީން ޝޮޓެއް.[/caption]

&nbsp;

&nbsp;

<strong>މަޢުލޫމާތު ނެގި މަސްދަރުތައް:</strong>

ހައިކޯޓުގެ ވެބްސައިޓުން

ޖޭއެސްސީގެ ވެބްސައިޓުން

ރައީސް އޮފީހުގެ ވެބްސައިޓުން

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް