ޚަބަރު ވިޔަފާރި

ވިޒް އެއަރގެ ދަތުތަކާއެކު އަބޫ ދާބީއަށް 3،000އަށްވުރެ ކުޑަކޮށް ދަތުރުކުރެވޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ވިޒް އެއަރގެ ފްލައިޓް މިއަދު ރާއްޖެ އައުމުން ވޭޓާ ސެލިއުޓެއް ވަނީ ދީފައި. ދެން އިމޭޖްސް/ ސަނީޙް

ޔޫއޭއީގެ ބަޖެޓް އެއަރލައިން "ވިޒް އެއަރ"ގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ. މިއީ ދާދިފަހުން ޚިދުމަތްދޭން ފަށާފައިވާ އެއަރލައިންއެކެވެ.

Ads by MWSC

ވިޒް އެއަރއިން މިއަހަރުގެ ފިނި މޫސުމާއި ދިމާކޮށް 2 މަންޒިލަކަށް މުޅިން އަލަށް ދަތުރު ފެށުމަށް ވަނީ ނިންމާފައެވެ. އެއީ ކުވައިތާއި ރާއްޖެއެވެ. ކުވައިތަށް ދަތުރުތައް ފަށާނީ އޮކްޓޯބަރ 30 ގައެވެ. އަދި ރާއްޖެއަށް ދަތުރުތައް މިއަދު ވަނީ ފަށާފައެވެ.

ވިޒް އެއަރގެ ދަތުރުތައް ރާއްޖެއަށް ފެށުމުން ރާއްޖެ ވެގެންދާނީ އެ އެއަރލައިނުން ސައުތު އޭޝިއާގައި ދަތުރު ފަށާ 2 ވަނަ މަންޒިލަށެވެ. މީގެކުރިން އެ އެއަރލައިނުން ވަނީ ސްރީލަންކާގެ މައްތަލައަށް ދަތުރުފަށާފައެވެ. ނަމަވެސް ލަންކައަށް ކުރަމުންދިޔަ ދަތުރުތައް އެ ޤައުމަށް ދިމާވެފައިވާ ތެލުގެ ދަތިކަމާއި ގުޅިގެން މާ ކާމިޔާބު ވާގޮތްވަނީ ނުވެފައެވެ.

ވިޒް އެއަރއިން ހަފްތާއަކު 4 ދަތުރު ކުރާނެއެވެ. އެއީ އަންގާރަ، ބުރާސްފަތި، ހޮނިހިރު އަދި އާދިއްތަ ދުވަހެވެ.

ރާއްޖެ އަދި ކުވައިތަށް ވިޒް އެއަރލައިންގެ ދަތުރުތައް ފެށުމުން އެ އެއަރލައިނުން ދަތުރުކުރަމުން އަންނަ މަންޒިލްތަކުގެ އަދަދު 34އަށް އިތުރުވެގެންދާނެއެވެ. ރާއްޖެ އައި ކުވައިތަށް ދަތުރުކުރާނީ އެ އެއަރލައިނުން އެންމެ ފަހުން ގަނެފައިވާ އެއަރބަސް އޭ321 ނިއޯ އެއަރކްރާފްޓެވެ. ވިޒް އެއަރލައިންގެ ދަތުރުތައް ފަށާފައިވަނީ 2021ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!