އިމިގްރޭޝަންގެ ދެކުނު އޮފީސް މަރަދޫގައި ހުޅުވައިފި
ކުރިން އައްޑޫ ހިތަދޫގައި ހިންގަމުން އައި އިމިގްރޭޝަންގެ ސަދަން ރީޖަން އޮފީސް މަރަދު އަށް ބަދަލުކޮށް އެތަން މިއަދު ހުޅުވައިފިއެވެ.
މި އޮފީސް ރަސްމީކޮށް ބޭނުން ކުރަން ފެށުން ފާހަގަ ކުރުމުގެ ގޮތުން މިއަދު ބޭއްވި ޙާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އައްޑޫ ސިޓީ މޭޔަރ ޢަލީ ނިޒާރުއެވެ.
އިމިގްރޭޝަނުން ވިދާޅުވީ ޚިދުމަތް ހޯދުމަށް އަންނަ ރައްޔިތުންނަށް ކުރިޔަށް ވުރެ ރަގަޅު މާހައުލެއް ޤާއިމު ކޮށްދިނުމުގެ ގޮތުން މޯލްޑިވްސް އިމިގްރޭޝަންގެ ސަދަން ރީޖަނަލް އޮފީސް ހިންގަމުން އައި އިމާރާތް މަރަދޫ ރަށްވެހިގެއަށް ބަދަލުކޮށް އެ އޮފީހުން މިއަދު ޚިދުމަތް ދޭން ފަށައިފައިވާ ކަމަށެެވެ.
އިމިގްރޭޝަންގެ ސަދަން ރީޖަން އޮފީސް މަރަދޫގައި ހިންގަނީ އެ އަވަށު އޮފީސް ކައިރީގައި ހުންނަ ރަށްވެހިގޭގައެވެ. މަރަދު އަށް އޮފީސް ބަދަލުކުރަން ނިންމިކަން އިމިގްރޭޝަނުން ހާމަކުރީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.