ޓީއެމްއޭއިން ބުނި ގޮތުގައި އެ އެއާލައިންގެ ފްލީޓް ބޮޑު ކުރަނީ ކަސްޓަމަރުންނަށް މިހާރަށް ވުރެ ފަސޭހަ ހިދުމަތެއް ދީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އެވެ. އަދި އަލަށް ހުޅުވާ އިތުރު ރިސޯޓްތަކަށް ހިދުމަތް ފުޅާކުރުމަކީ ވެސް އަމާޒެއް ކަމަށް ވެސް ޓީއެމްއޭއިން ބުންޏެވެ.
ޓީއެމްއޭގެ ފްލީޓަށް އިތުރު ދެ ބޯޓު ގެނެސްފި
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓްރާންސް މޯލްޑިވިއަން އެއާވޭސްގެ ފްލީޓަށް އިތުރު ދެ ބޯޓު ގެނެސްފި އެވެ.
ހުކުރު ދުވަހުގެރޭ ރާއްޖެ ގެނައި މި ދެ ބޯޓާޢެކު އެ އެއާލައިނުގެ ފްލީޓު ވަނީ 55 އަށް އަރައިފައެވެ.
ޓީއެމްއޭ އިން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުވެސް ސީޕްލޭނެއް ގެނެސްފައެވެ. ޓީއެމްއޭ ކުރި ޓްވީޓެއްގައި ބުނީ ހުކުރު ދުވަހުގެރޭ ދެ ބޯޓު އެކުގައި ގެނައިރު މިއީ އެ ކުންފުނީގެ ފްލީޓަށް ދެ ބޯޓު އެއްފަހރާ ގެނައި ފުރަތަމަ ފަހަރު ކަމަށެވެ.
Ads by Allied Insurance