ދުނިޔެ

ޖަޕާނާއި އޮސްޓްރޭލިއާ އާ ދެމެދު އައު އެއްބަސްވުމަކަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޖަޕާނާއި އޮސްޓްރޭލިއާގެ ލީޑަރުން އަންނަ ހަފުތާ ބަންދުގައި ބާއްވާ ބައްދަލުވުމެއްގައި ސަލާމަތީ ކަންކަމާ ބެހޭ ގޮތުން އާ މުއާހަދާއެއް ނެރުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ ގައުމުގެ ސަރުކާރުގެ މަސްދަރުތަކުން ބުނެފިއެވެ.

Ads by Sosun Fihaara

"މިނިވަން އަދި ހުޅުވާލެވިފައިވާ އިންޑޯ-ޕެސިފިކް" އެއްގެ މުހިންމުކަން ދައްކުވައިދޭ މި މުއާހަދާ އިއުލާނު ކުރައްވާނީ އަންނަ ހޮނިހިރު ދުވަހު ޕާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮސްޓްރޭލިއާގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާ އާއި އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ބައްދަލުވުމުގައެވެ.

މިއީ ޖަޕާނުގެ އޭރުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އާއި އޮސްޓްރޭލިއާގެ ބޮޑުވަޒީރު ޖޯން ހޮވާޑް 2007 ވަނަ އަހަރު ސޮއިކުރެއްވި މުއާހަދާއަށް ބައެއް ބަދަލު ތަކެއް ގެންނާނެ ލިޔުމެކެވެ.

އަދި ޓްރައިލެޓަރަލް އެއްބާރުލުން އިތުރުކުރުމަށް ވެސް ދެ ބޭފުޅުން ވަނީ ވައުދުވެ، މަސައްކަތް ކުރައްވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!