މުނިފޫހިފިލުވުން

"އެހެނަސް" މިމައުރަޒު ބަލާލަމާ؟ ސީރީޒްގައި ބޭނުން ކުރި ހުރިހާ ކުރެހުންތަކެއް ފެންނާނެ!

ދެން އެމްވީ ، ދެން އޮންލައިން

މަޝްހޫރު ލިޔުންތެރިޔާ އަޙްމަދު އިޤްބާލް (އައިކިޔު) ލިޔެ ޕްރޮޑިއުސްކޮށްފައި، ކާމިޔާބު ވެބް ސީރީޒް "އެހެނަސް" ގެ ފަރާތުން ވަރަށް ޚާއްސަ މައުރަޒެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

Ads by STELCO

"އެހެނަސް" މިސީރީޒްގައި ބޭނުންކުރި ހުރިހާ ކުރެހުންތަކެއް، މިމައުރަޒުގައި ބެލުންތެރިންނަށް ދައްކާލަން ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިމައުރަޒާއި ބެހޭގޮތުން މައުލޫމާތު ދެމުން އައިކިޔު ބުނީ، މިއީ "އެހެނަސް" އެސީރީޒްގައި ބޭނުން ކޮށްފައިވާ ހުރިހާ ކުރެހުމެއް ބެލުންތެރިންނަށް ދައްކާލުމަށްޓަކައި ބާއްވާ ޚާއްސަ މައުރަޒެއް ކަމަށާއި، ކޮންމެ މީހަކަށް ވެސް އެމައުރަޒު ބަލާލަން ވަނުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

މިކުރެހުމުގެ މައުރަޒު އޮންނާނީ މިއަދު ހަވީރު 16:00 އިން ފެށިގެން މިރޭ 22:00 އާއި ހަމައަށެވެ.

އައިކިޔު ލިޔުނު "އެހެނަސް... ހަމަ ލޯބިވެޔޭ" ވާހަކައިގެ މައްޗަށް އޭނާ ސްކްރީންޕްލޭ ލިޔުނު "އެހެނަސް" އަކީ ބައިސްކޯފު މެދުވެރިކޮށް ގިނަ ބަޔަކު ބަލާފައިވާ ވެބް ސީރީޒެކެވެ.
މިސީރީޒްގެ ފުރަތަމަ ސީޒަން މިހާރު ނިމިފައިވާއިރު، ދެވަނަ ސީޒަނަށް ގިނަ ބަޔަކު މިހާރުވެސް ތިބީ ކެތްތެރިކަމާއެކު އިންތިޒާރުގައެވެ.

ދެވަނަ ސީޒަންގެ ޓީޒަރ މިހާރު އާންމުކޮށްފައިވާއިރު، "އެހެނަސް" އަނެއްކާވެސް ބެލުންތެރިންނާއި ހަމައަށް އަންނަން ދެން ގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށް ވެސް ޓީމުގެ ފަރާތުން ބުނެއެވެ.

މިއަދު ބާއްވާ މިމައުރަޒުގައި "އެހެނަސް" ސީރީޒްގެ ބައެއް ކާސްޓުންނާއި ބައްދަލު ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ. ނަމަވެސް ހުރިހާ ކާސްޓުން ނުހިމެނޭނެ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ރަވީ ފާރޫޤް ޑައިރެކްޓު ކޮށްފައިވާ މިސީރީޒްގައި ލީޑް ރޯލުން ފެނިގެންދަނީ ފާތިމަތު ސަރާ އާދަމް އާއި މުޙައްމަދު ވިޝާލް (ރޯމަން) އެވެ.
މަޝްހޫރު އެކްޓްރެސް އައިޝަތު ރިޝްމީ ވެސް ދެވަނަ ސީޒަންގައި، މުހިންމު ރޯލަކުން މިފަހަރު ފެނިގެންދާއިރު ފުރަތަމަ ސީޒަންގައި ހަރަކާތްތެރިވި ބައެެއް ތަރިންނާއެކު އާތަރިންތަކެެއް ވެސް ފެނިގެންދާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!