ކުއްތާއަަކަށް ވެސް ކޮރޯނާ ވައިރަސް ޖެހިއްޖެ
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ކުއްތާއަކަށް ވެސް ޖެހިއްޖެއެވެ.
ކޮރޯނާ ވައިރަހަށް ޕޮސިޓިވް ވެފައިވާ ކުއްތާއަކީ ހޮންކޮންގ މީހަކު ގޭގައި ގެންގުޅޭ އޮޅު ކުއްތާއެކެވެ. ކުއްތާ ގެންގުޅޭ ވެރިފަރާތަކީ ވެސް ކޮރޯނާ ވައިރަހަށް ޕޮސިޓިވް ވެފައިވާ މީހެކެވެ. ކުއްތާ ގެ ޓެސްޓުތައް ހެދި ޓީމުން ބުނާ ގޮތުގައި ކުއްތާ ގެ އޯރަލް، ނާސަލް އަދި ރެކްޓަލް ގެ ސާމްޕަލް ތައް ޓެސްޓުކުރިއިރު ވައިރަހަށް ޕޮސިޓިވް ވެފައިވީ ނަމަވެސް ވައިރަހުން އާންމު ކޮށް ފެންނަ އެއްވެސް އަލާމާތެއް ކުއްތާގެ ފުށުން ފެނިފައެއް ނުވެއެވެ. ކުއްތާ ގެ ހާލަތު އިތުރަށް ބަލަމުން ދާ ކަމުގައި ވސް އެ ޓީމުން ބުނެފައިވެއެވެ.
މިއި މިފަދަ ގޮތަކަށް ޖަނަވާރަކަށް ކޮރޯނާ ވައިރަސް ޖެހުނު ކަމަށް ރިޕޯޓުކުރި ފުރަތަމަ ފަހަރެވެ. ޑަބްލިޔުއެޗްއޯ އިން ވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.
މުޅި ދުނިޔެއަށް މި ބަލި ފެތުރިދާނެ ކަމުގެ ބިރު ޑަބްލިޔުއެޗްއޯ އިން ދީފައިވާއިރު ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 80000 އަށް ވުރެ އިތުރު ވެފައެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 3000 ކައިރިކޮށްފައެވެ.