ބަލި މީހުންނަށް ޒިޔާރަތް ކުރަން ހޮސްޕިޓަލްތަކަށް ނުދިއުމަށް އިލްތިމާސްކޮށްފި
ފާނަބަސަންދާއި ރޯގާ ހަލުވި ކަމާއެކު ފެތުރެމުންދާތީ އަމިއްލަ ރައްކަލަށްކައްޓަކައި ބަލި މީހުންގާތަށް ޒިޔާރަތްކުރުން މަދު ކުރުމަށް އައިޖީއެމްއެޗް އިން އިލްތިމާސްކޮށްފި އެވެ.
އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދުވަސްވަރު ރޯގާ އާއި ފާނަބަސަންދު ފެތުރެމުން ދާތީ ބަލި މީހުންނާއި އަމިއްލަ މީހުންގެ ރައްކަލަކަށް ޓަކައި، ބަލި މީހުންނަށް ޒިޔާރަތް ކުރުމަކީ ބަލިމީހުންނާއި ޒިޔާރަތް ކުރާ މީހުންނަށް ވެސް ރައްކާތެރިކަމެއް ނޫން ކަމަށެވެ.
އެ ހޮސްޕިޓަލުން ބުނީ މި ދުވަސްވަރު ފާނަބަސަންދު ޖެހިގެން އުޅޭ ގޭގެ މީހުންނާއި އަދި ފާނަބަސަންދު ވެކްސިން ޖަހާފައިނުވާ މީހުން ހިމެނޭ އިރު، އެ ބަލިތައް އިތުރަށް ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އޭގެ އިތުރުން ދިފާއީ ގޮތުން ބަލި މީހުންނާއި ކުޑަކުދިންނާއި ދުވަސްވީ މީހުންނާއި އަދި ރޯގާ ޖެހި ހުންއައިސް ކިނބިހި އަޅާ މީހުން ވެސް އެ މީހުންގެ ތެރޭގައި ހިމެނެ އެވެ.
ރޯގާ ޖެހިފައިވާ ނަމަ ކެއްސައި ކިނބިހި އަޅާ އިރު މާސްކު ބޭނުންކޮށް ސައިބޯނި ލައިގެން އަތް ދޮވުން ފަދަ ކަންކަމަށް ސަމާލުވުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.