ޚަބަރު

ޖަލްސާއިން ފެނިގެން ދިިޔައީ ރައީސް ޔާމީން ބަލައިގެންފައިވާ މިންވަރު: ޖަމީލް

ދެން އެމްވީ ، ދެން އޮންލައިން

ލޯކަލް ކައުންސިލް އިންތިހާބުގެ ޕީޕީއެމް ކެމްޕޭން އިފްތިތާހު ކުރަން ރޭ ބޭއްވި ޖަލްސާއިން ފެނިގެން ދިޔައީ ކުރީ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ އިހުލާސްތެރި މަސައްކަތް ރައްޔިތުން ބަލައިގެންފައިވާ މިންވަރު ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

"މިއީ މަގޭ ރާއްޖެ" ގެ ޝިއާރުގެ ދަށުން ޕީޕީއެމްގެ ކެމްޕޭން ފެށުމަށް ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއަށް ހޫނު ތަރުހީބެއް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޖަލްސާ ފެށުމުގެ ކުރިން ގޮނޑިތައް ފުރިފައިވާ މަންޒަރު ފޮޓޯތަކުން ފެނެއެވެ.

ޖަމީލް ކުރެއްވި ޓްވޯޓެއްގައި ވިދާޅުވީ ރޭ ޕީޕީއެމް އާއި ކޮންގްރެސް ޕާޓީން ބޭއްވި ޖަލްސާއިން ދައްކުވައި ދެނީ ޕީޕީއެމްގެ ސަރުކާރެއް އޮތް އިރު، ރައީސް އަބްދުﷲ ޔާމީނާއި އެ ސަރުކާރުގެ އިހުލާސްތެރި މަސައްކަތް ރައްޔިތުން ބަލައިގެންފައި ވުން ކަމަށެވެ.

ޖަމީލް އަދި ވިދާޅުވީ އެ ކަން އެގޮތަށް އާންމުން ބަލައިގެންފިކަން ކަށަވަރުވާއިރު ރޭގެ ޖަލްސާއިން އެހެން ތިން ކަމަކަށް ވެސް ރައްޔިތުން ނޫނެކޭ ބުނެފިކަން ސާބިތު ވެފައިވާ ކަމަށެވެ.

އޭގެ އެއް ކަމެއްގެ ގޮތު ޖަމީލް ފާހަގަ ކުރެއްވީ އިސްލާމް ދީނާ މިނިވަކަން ކަމަށް ގޮންޖެހުމެވެ. ދެވަނަ ކަމަށް އާންމު ވަމުން ދާ ކޮރަޕްޝަނެވެ. ދެނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސަތެވެ.

ޕާޓީގެ ލީޑަރު ޔާމީން ޖަލަށް ލައި، އިދިކޮޅު ހަރަކާތް ވަރަށް ބޮޑަށް ހީނަރުވެފައިވާ މިފަދަ ދަނޑިވަޅެއްގައި އެތައް ހާސް ބަޔަކާ އެކު، އިދިކޮޅުން ކާނިވާ ސަރަހައްދު ފުރައިލުމަކީ ގިނަ ބަޔަކަށް ލިބުނު ބޮޑު ހައިރާން ކަމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!